ކުރެވުނު ބަހުސެއްގެ ޚުލާޞާއެވެ.
ދެ ރައްޓެހިންގެ ދެމެދު ދެކެވުނީ މާ އާ ވާހަކައެއްނޫނެވެ. ކޮންމެ ވެސް ވަރަކަށް އިޖްތިމާޢި އެކިއެކި ވާހަކައިގެ ތެރެއިން ދީނީ ވާހަކަ ކޮޅެއްވެސް ދެކެވުނެވެ. ދެކެވުނު ވާހަކަ އެންމެ ހޫނު ވި ހިސާބަކީ އަނބި މީހާ ވަރިވާނޭ ބުނި ހިސާބުންނެވެ. އެކަކު ބުންޏެވެ. ތިކަމުގެ ސަބަބުން ކަލޭގެ ކައިވެނި މިހާރު ހުންނާނީ ރޫޅިފައެވެ. ( ވަރި ވެފައެވެ) އަނެކަކު ޤަބޫލު ނުކުރުމުން ޖީބުން ފޯނު ނަގާފައި ދެއްކީ ވީޑީއޯ އެކެވެ. އޭގެ އެވީޑީއޯ ގައި ބުނަނީ ފިރިމީހާއަށް ނަމާދުގެ ޙުކުމް އެނގި، ނުކޮށް ހުރެއްޖެއްޔާ އަނބި މީހާ ވަރިވާނެވާހަކައެވެ. މިއީ ޝައިޚް މުޙައްމަދު އިބްރާހީމްގެ ދަރުހެއްގައި ބުނެދޭ އެއްޗެކެވެ.
މި ވީޑިއޯގެ އަޑު އެހުމަށްފަހު އެމީހާ ބުންޏެވެ. ”މަގޭ އަނބިމީހާ ވަރިވިއިރުވެސް މަށަކަށް ނޭންގުނެވެ.“ ވަރަށް ދެރަވެފައިހުރެ ބުންޏެވެ.
ފިރިމީހާ ނަމާދު ނުކުރުމުގެ ސަބަބުން ވަރިވާނެކަން ނޭނގި، ނަމާދު ނުކޮށް ހުޓަސް ވަރިވާނެބާއެ؟
މިސުވާލުގެ ޖަވާބު ހޯދުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ލިބުނުހާ އަވަހަކަށް މި ސައިޓުގައި ޝާއިޢު ކުރާނަމެވެ.