ޚަބަރު ފީތާ

ދިރާސީ އާއަހަރަށް ޝައިޚް ޢަލީ ޒާހިރުގެ ނަޞީޙަތް

ދިރާސީ އާ އަހަރަށް ޕީސްފައުންޑޭޝަންނުން ޝައިޚް އަލީ ޒާހިރުގެ ވީޑިއޯ އެއް ޢާންމުކޮށްފިއެވެ.

އެވީޑިއޯގައި ޝައިޚް އަލީ ޒާހިރު ޢިލްމުގެ މަތިވެރިކަމަށް އަލިއަޅުވާލައްލާ ވިދާޅުވެފައިވަނީ އިސްލާމް ދީނަކީ ޢިލްމުގެ ދީންކަމަށާއި މާތް ނަބިއްޔާގެ ޙަޔާތްޕުޅުގައި ބަދުރު ހަނގުރާމާގައި ހައްޔަރުވި ކާފަރު އަސީރުންގެ ތެރެއިން ބައެއް މީހުން މުސްލިމުކުދިންނަށް ލިޔަން ކިޔަން ދަސްކޮށްދޭމަތިން ދޫކޮށްލާފައިވާ ކަމަށެވެ.

“ ތިޔަކުދިންނަކީ ވަރަށް ގިނަ ބައެއްގެ ފޮނި އުންމީދުތަކެއް، ތިޔަ ދަރިވަރުންގެ ބެލެނިވެރިންނާއި މައިންބަފައިންނާ މުޅި ޤައުމު، މުޅި އުންމަތް ތިޔަ ކުދިންގެ ކިބައިން އެދެނީ ރަނގަޅު ހެޔޮ މަތީ ތަޢުލީމު ޙާޞިލްކުރަން،….“ ކިޔަވާ ކުދިންނާ މުޚާތަބު ކުރައްވަމުން ޝައިޚް ޢަލީ ޒާހިރު ވިދާޅުވިއެވެ.

ކިޔަވާ ދެއްވާ މުދައްރިސުންނާ މުޚާޠަބު ކުރައްވާ މިޒަމާނުގައި ކިޔަވާ ދެއްވުމަކި އުނދަގޫކަމެއް ކަމާއި ނަމަވެސް ރަސޫލުﷲ صلى الله عليه وسلم  އުނގަންނަވައި ދެްވުމަށް ގެންގުޅުއްވި ހުނަރާއި އުކުޅުތައް ދަސްކުރައްވައިގެން އެ މަގުން ހިންގެވުމަށް މަސައްކަތް ކުރެއްވުމަށް ވެސް ވިދާޅޔވެފައިވެއެވެ.

ނިންމާލަމުން ޝައިޚް ޢަލީ ޒާހިރު ބެލެނިވެރިންނާ އެބޭފުޅުން ކުރައްވާ ބުރަ މަސައްކަތް ހިތްވަރުދެއްވަމުން ނަޞީޙަތްތެރިވެލެއްވީ މިއަހަރު އިތުރު ހިތްވަރެއް ލެއްވުމަށެވެ. ކުދިންގެ ތަޢުލީމަށް މަސައްކަތް ކުރައްވާ ފަދައިން އެކުދިންގެ ތަރުބިއްޔަތައްވެސް މަސައްކަތް ކުރުމަށެވެ.  އަދި މިފަދަ ހުޅުވިފައިވާ ޒަމާނެއްގައި އެކުދިންގެ ހިތްތަކުގައި މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ނޫރު އަށަގަންނަވައި އެޔަށްބާރުއެޅުއްވުމަށްވެސް ނަޞީޙަތްތެރިވިއެވެ.

 

Rate this post