އެސްޓީއޯއިން ބާޒާރުގައި ތެޔޮ ވިއްކާ އަގަށް ބަދަލު ގެނެސްފިއެެވެ.
މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން ގެނައި ބަދަލެކެވެ.
މިގޮތުން 02 އޮކްޓޯބަރ 2017 އިން ފެށިގެން ޑީސަލް ލީޓަރަކުން 0.53 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 0.57 ލާރި ބޮޑުވާނެއެވެ.
މިއަދުން ފެށިގެން ތެޔޮ ލިބެން ހުންނާނީ ޑީސަލް ލީޓަރެއް 9.17ރ އަދި ޕެޓްރޯލް ލީޓަރެއް 9.52ރ އަށެވެ.