ނިދާއު އަލް އިސްލާމްއިން ކުޑަކުދިންގެ މަދަޙަ މުބާރާތެއް ބާއްވަނީ

ނިދާއު އަލް އިސްލާމްގެ ފަރާތުން ކުޑަކުދިންނަށް ޚާއްޞަކޮށްގެން މަދަޙަ މުބާރާތެއް ބޭވުމަށް ހަމަޖެހިއްޖެއެވެ.

ނިދާއު އަލް އިސްލާމްއަކީ ނ. ފޮއްދޫގައި އޮންނަ ދީނީ އަދި އިޖްތިމާޢި ވަރަށް ގިނަ ޙަރަކާތްތަކެއް ހިންގަމުންއަންނަ ޖަމްޢިއްޔާއެކެވެ. އެ ޖަމްޢިއްޔާގެ ރައީސް އިބްރާހީމް ވާފިރު ވިދާޅުވީ މިއީ މިފަދަ މަދަޙަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރު ނަމަވެސް ރަށުގެ ގިނަ ބައެއްގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

އިޝްތިހާރު Below Header ad

މި މުބާރާތުގައި ހަތަރު ޢުމުރުފުރާއަކުން ސާޅީހަށްވުރެ ގިނަ ކުދިން ބައިވެރިވެއެވެ.

“ޖަމްޢިއްޔާ ފަރާތުން މި މުބާރާތް އަސްލު ބާއްވަން ހަމަޖެއްސީ ވަރަށް ގިނަ ބެލެނިވެރިންގެ އެދިލެއްވުމުގެމަތިން، ޖަމިއްޔާއިން އަބަދުވެސް ރަށުގެ ތަރައްޤީއާއި ރަށުގެ މީހުންގެ އެކަހަލަ ބިނާކުރަނިވި ޚިޔާލުފުޅުތަކަށް ވަރަށް އުފަލާއެކު ބަލައިގަނެ އެކަންކަމުގައި އިސްރޯލެއް އަދާކުރަން މަސައްކަތް ކުރަން. އެގޮތުން މިކަންވެސް މިކުރަނީ، މި މުބާރާތް ޖަޖު ކުރުމަށް ރަށުން ބޭރުން، މާލެއިން މީހުން މި ގެންނަނީވެސް މި މުބާރާތަކީ ފޮއްދޫ ރައްޔިތުން އުފާވާކަހަލަ ރައްޔިތުން ބޭނުންވާ ފަދަ ފުރިހަމަ މުބާރާތަކަށް ހެދުމަށް”. ޖަމްޢިއްޔާގެ ރައީސް އިބްރާހީމް ވާފިރު ވިދާޅުވިއެވެ.

އެޓޯލް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެ ޖަމްޢިއްޔާގެ ރައީސް ވިދާޅުވީ ކުރިއަށް އޮތްތާނގައި މި މުބާރާތް ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދާގޮތަށް މިހާރުވަނީ ހަމަޖެހިފައިކަމަށެވެ.

މިމަހު 29 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ނަތީޖާފާޅު ކުރުމަށް ހަމަޖެހިފައިވަނީ މިމަހު 30 ވާ ހޮނިހިރު ދުވަހުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.