ޕެރެޑައިސް އައިލަންޑް ރިސޯރޓްގައި ކުރިއަށްދިޔަ ދެވަނަ ގެސްޓްހައުސަސް މޯލްޑިވްސް ކޮންފަރެންސްގައި އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ގެސްޓްހައުސްތަކަށް ޙާއްސަ ޕެކޭޖްތަކެއް ނެރެފިއެވެ.
އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން މަޢުލޫމާތު ދެއްވި ގޮތުގައި މިޕެކޭޖްތަކުގެ ތެރޭގައި 3، 6 އަދި 9 ކޮޓަރިއަށް ބޭނުންވާ ސާމާނުގެ ހާއްސަ އަގުތަކެއް ހިމެނޭނެއެވެ. އޭގެ ތެރޭގައި ޓީވީ، އޭސީ، ޝަވަރ ހީޓާ، މިނީ ބާރ އަދި މީގެ އިތުރުން ކުލަ ހިމެނެއެވެ.
މި ޕެކޭޖްތަކުގެ އިތުރުން ބަދިގެ އަށް ބޭނުންވާ ސާމާނު އަދި ގެސްޓްހައުސްތަކަށް ބޭނުންވާނެ އިތުރު ސާމާނުގެ ޕެކޭޖެއްވެސް ހިމެނެއެވެ. އޭގެތެރޭގައި ހިމެނެނީ ރެފްރިޖަރޭޓަރ، ގޭސް އުނދުން، ދޮންނަ މެޝިން، ވެކިއުމް ކްލީނަރ، ޕަމްޕް، އަވަން އަދި އިތުރު ބަދިގެ ސާމާނެވެ. މީގެ އިތުރުން ވެސް ކަސްޓަމަރުން ބޭނުންވާ ގޮތަށް ޕެކޭޖްތައް ބައްޓަންކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ.
މި ޕެކޭޖްތަކުގެ މައިގަނޑު މަގްސަދަކީ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ލިބެންހުރި ސާމާނު ގެސްޓްހައުސްތަކަށް ހެޔޮތަގުތަކެއްގައި ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން މަޢުލޫމާތު ދިނެވެެ.
މި ޕެކޭޖްތަކުގެ އިތުރު މައުލޫމާތު އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ލިބިވަޑައިގަންނަވާނެއެވެ.
އެސްޓީއޯ ހޯމްއިމްޕްރޫވްމަނޓްއަކީ ހިޓާޗީ، ފިލިޕްސް، މަކިޓާ، ނިޕޯން، ޓެކްނޯ އަދި ކޯނޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއެވެ.