އެކަށީގެންވާ ނަރުދަމާގެ ނިޒާމްގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން އއ. އުކުޅަހުގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސްޓެޓިކް ކޮންޕެނީ ޕްރައިޓް ލިމިޓެޑް އާއި މި މިނިސްޓްރީއާއި ދެމެދު މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވަގުތީގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި ޑރ.މުޙައްމަދު މުޢިއްޒެވެ. އަދި ސްޓެޓިކް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރ، ޕްރޮޖެކްޓްސް އެންޑް އޮޕަރޭޝަންސް، އަލްފާޟިލް އިބްރާހިމް ޝަހުދު އަހްމަދެވެ.
ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓު އެމް.ޑަބްލިޔު.އެސް.ސީ.އާ ޙަވާލުކުރެވިފައި ވަނީ 18,849,999.91 ދިވެހި ރުފިޔާއަށެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 12 މަސް ދުވަހެވެ.