އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގަށް ބަދަލުގެނެސްފިއެވެ.
މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން އެ ކުންފުނިން ގެނައި ބަދަލެކެވެ.
މި ބަދަލުގެ ތެރޭގައި ޑީސަލް އާއި ޕެޓްރޯލް ވިއްކާ އަގު ވަނީ ބޮޑުކޮށްފައެވެ.
މިގޮތުން މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 20 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރި ބޮޑުވާނެއެވެ.
މިއަދުން ފެށިގެން ތެޔޮ ލިބެން ހުންނަ އަގު:
ޑީސަލް ލީޓަރެއް: 8.64ރ
ޕެޓްރޯލް ލީޓަރެއް: 8.95ރ