ބ. ކަމަދޫ ބައި އިލެކްޝަން މިއަދު ހެނދުނު ފަށައިގެން ކުރިއަށް އެބަދެއެވެ.
މިއަދު ހެނދުނު 8 ޖެހި އިރު ފެށި މި ވޯޓުލުން ހަވީރު 4 ޖަހާއިރު ނިންމާލާނެއެވެ. އެކަމަކު އާންމުކޮށް ކުރިއަށް ގެންދާ އުސޫލުގެ ދަށުން ގަޑިޖެހޭ އިރު ކިއޫގައި މީހުން ތިބިނަމަ، ވޯޓުލާން ފުރުސަތުދޭނެއެވެ.
މި އިލެކްޝަންގައި 338 މީހުނަށް ވޯޓުލުމުގެ ހައްޤު ވަނީ ލިބިފައެވެ. އޭގެތެރެއިން މާލޭގައި (އިންތިޚާބީ މަރުކަޒު–ބައު ޖަމާލުއްދީން) ބަހައްޓާފައިވާ ވޯޓު ފޮށްޓަށް 112 މީހުން ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާއިރު، ބ. ކަމަދޫ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށް 226 މީހުން ވޯޓުލުމަށް ވަނީ ރަޖިސްޓަރީ ކޮށްފައެވެ.