ކައިވެނި ކުރުމަށް ފަހު މައްސަލަޖެހޭތަ؟ 2

4އޮކްޓޯބަރު2016 އާ ގުޅޭ..

ބައެށް މީހުން ދެކޭ ގޮތުގައި ކައިވެންޏަކީ އޭގެ ޒާތުގައި އުފަލާއި ހިތްހަމަޖެހުމާއި ލޯބި އެކުލެވޭ ކަމެކެވެ. އަދި ކައިވެންޏަށްފަހު އުއްމީދުކުރެވެނީވެސް މިފަދަ ގޮތަކަށެވެ.

ނަމަވެސް ދަންނަވަންތޯއެވެ. މިއީ ވަރަށް ބޮޑު ކުށްހީއެކެވެ. ޙަޤީޤަތުގައި ކައިވެންޏަކީ އޭގެ ޒާތުގައި އެކަހަލަ އެއްވެސް ކަމެއް އެކުލެވޭ އެއްޗެއް ނޫނެވެ. އުފަލާއި ލޯތްބާއި ހިތްހަމަޖެހުމަކީ އެކައިވެނީގެ ގުޅުމުންގުޅޭ ދެފަރާތުން އުފެދިގެން އަންނަ ކަންކަމެވެ. ތިމާގެ ޒަވާޖީ ޙަޔާތަކީ އުފާވެރި ޙަޔާތެއްކަމުގައި ހަދަން ބޭނުން ނަމަ ތިމާގެ ޢަމަލުތައް ބަހައްޓަންވާނީ އެލޯތްބާއި އަޅާލުން ލިބޭނޭ ގޮތަށެވެ.

އިޝްތިހާރު Below Header ad

ޒަވާޖީ ޙަޔާތަކަށްފަހު ހަނދާނުގައި ބެހެއްޓުން މުހިއްމު ބައެށް ކަންކަން.

  • ތިމާގެ ޙަޔާތުގެ ބައިވެރިއާއަށް އަޅާނުލައި ވަގުތު ނުދީ ދޫކޮށްލާނަމަ ތިޔަ މަގުފަހި ކޮށްދެވެނީ އޭނާއާއި ތިބާއާ ނުލާ އުޅެން އާދަކޮށްދިނުމެއްކަން ހަނދާނުގައި ބަހައްޓާށެވެ.
  • ޖެހޭ މައްސަލަތަކަކީ ޒަވާޖީ ޙަޔާތުން ދުރުވާން ތިބާއަށް ޖެހޭ ސަބަބު ކަމުގައި ނުދެކޭށެވެ. ނަމަވެސް އެއީ ކުރިއަށް ދާން މަގުދައްކައިދޭ ކަމެއް ގޮތުގައި ދެކޭށެވެ.
  • ދެމަފިރިއަކު އެކަކު އަނެކަކަށް އަޅާލާ ލޯބިވާ ނަމަ އަބަދުވެސް ބަލާ ހޯދާނީ ދިމާވާ މައްސަލަތަކުގައި ޙައްލު ހޯދޭތޯއެވެ. އަދި އެއީ ކިތަންމެ އުނދަގޫ ކަމެއް ކަމުގައި ވީނަމަވެސް އެކަމަކުން އަރައިގަންނަން މަސައްކަތް ކުރާނެއެވެ.
  • ޒަވާޖީ ޙަޔާތުގައި ޖެހޭ މައްސަލަތައް ޙިއްޞާ ކުރަން އެންމެ ރަނގަޅު ފަރާތަކީ ތިބާގެ ޙަޔާތުގެބައިވެރިޔާކަން ހަނދާން ކުރާށެވެ.

މައްސަލަތައް ޖެހެން ދިމާވާ މައިގަނޑު ދެސަބަބު.

  • ވިސްނާ ނުލާ ގޮތް ނިންމުން
  • ޙައްލުކުރަން ނޫޅެ ޚިޔާލު ކޮށްކޮށް ހުރުން

ކޮންމެ ޒަވާޖީ ޙަޔާތަކީވެސް މައްސަލަ ތަކާއި ކަމެއް ކަން ހަނދާން ކުރުން

ތިބާއަށް ނޭނގޭނަމަ ބައިވެރިޔާ ކައިރިން އެހުން ކުއްހީ ނުކުރުން

ބައިވެރިޔާއާ ދެބަސްވާން ޖެހިއްޖެނަމަ އެހެން މީހުން ކައިރީ ބުނުމުގެ ބަދަލުގައި ސީދާ ބައިވެރިޔާ އާއި ވާހަކަ ދެއްކުން

އެއްވެސް ޙާލެއްގައި ވާހަކަތައް ޙިއްޞާ ނުކޮށް އެކަކުު އަނެކަކަށް ނޭނގި އަނެކާއާއި ދޭތެރޭ ތުހުމަތު ނުކުރުން

ދެމީހުންގެވެސް ޙަޔާތުގެ މަންޒިލަކީ އެއް މަންޒިލެއް ކަމުގައި ދަނެ ލިބޭ ކޮންމެ މޮޅަކާއި ދެރަޔަކީ ވެސް ދެމީހުނަށް ލިބޭ އަދި ކުރިމަތިލާންޖެހޭ ކަމެއްކަން ދެނެގަނެ މައްސަލަ ތަކުގައި ޙައްލު ހޯދަން ދެފަރާތުންވެސް އިސްނަގާ އަވަސްވެގަތުން.

އެކަކު އަނެކަކަށް  ހިތްވަރުދީ ޝުކުރުވެރިވުމާއި އެކު ދިރިއުޅެން އާދަ ކުރުމީވެސް ޒަވާޖީ ހަޔާތަށް އާރޯކަން ގެނެސްދޭނެ ކަމެކެވެ.މިގޮތުން ފިރިމީހާ އަނބިމީހާ އަށް ކޮށްދޭ ކަންކަން އުފަލާއި އެކު ބަލައިގަތުމާ އަދި އަނބިމީހާ ފިރިމިހާ އަށް ކޮށްދޭ ކަންކަން ހަމަ މިބީދައިންބަލައިގަތުން ހިމެނެއެވެ.މިއީ ދެމަފިރިންގެ ގުޅުންވެސް އިތުރަށް ވަރުގަދަވެގެންދާނެ ކަމެއްވެސް މެއެވެ.

މިހާހިސާބުން މިބަލައިލަނީ ކައިވެނީގައި ދިމާވާ މައްސަލަތަކާ ބެހޭގޮތުން ހަދައިފައިވާ ދިރާސާއަކަށެވެ.

ކައިވެންޏައް އެންމެ ނޭދެވޭ އަސަރު ކުރާކަންތައްތަކަކީ ކޮބައިތޯ ބަލައިލަމާތޯއެވެ.

  • އިހުސާސް ތަކުގައި ދެމީހުން ހަމަހަމަ ނުވުމެވެ.މިސާލަކަށް ބުނާނަމަ،އަންހެނުނަކީ ފިރިހެނުންނަށް ވުރެ މާ ޙައްސާސީބައެކެވެ. ނަތީޖާއެއްގެ ގޮތުން ކަންކަމުގައި މާ އަވަހަށް ރުޅިއައުމާއި ދެރަވުންމެދުވެރިވެއެވެ.ގިނަފަހަރަށް ކައިވެނި ނުރަށްކާ ފައްތަރަކަށް ދަނީވެސް މިހެންވެގެންނެވެ.ބައެއް ފަހަރު ފިރިމީހާގެ ހަރުކަށި އެންމެ ޖުމްލައަަކުންވެސް އަނބިމީހާ ކައިވެނި ރޫޅާލުމަށް އެދެއެވެ.ވީމާމިކަންކަމަށް ފިރިމީހާ ވަރަށް ހުޝިޔާރުވާންވާނެއެވެ.ކައިވެނި ރައްކާތެރި ކުރަން ބޭނުން ނަމަ މިފަދަ ކަންކަމުން ދުރުހެލިވުން އެއީ އެންމެ މޮޅުގޮތެވެ.ހަމަމިފަދައިން އަނބިމީހާވެސް ކަންތައް ކުރަންވާނެއެވެ.ތިމާގެ ފިރިމީހާ ހިތްހަމަނުޖެހޭފަދަ ކަންކަމުން ދުރުވެހުރުން ބުއްދިވެރިއެވެ.މަޢާފް ކުރުމާއި މަޢާފް ދިނުން އިސްކުރަންޖެހެއެވެ.ރުޅިއަންނަ ވަގުތު ތަކުގައި ދެފަރާތުންވެސް ބުއްދީގެބޭނުން ކުރަންވާނެއެވެ. ރުޅި އައިސްފައި ހުންނަ މީހާ ރުޅިގަދަ ވިޔަނުދީ އަދި ތިމާވެސް ރުޅި ކޮންޓްރޯލް ކޮށް ކޮންމެވެސް އެއްފަރާތަކުން ދޫދިނުމީ އެއްގޮތަކަށްވެސް ތިމާގެ ދަރަޖަ ދައްވެގެންދާ ކަމެއްކަމުގައި ދެކިގެން ނުވާނެ އެވެ.

… ނުނިމޭ….

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.