ޚަބަރު ފީތާ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އައު ވެބްސައިޓާއި ޔުނިވަރސިޓީގެ ހަނަދޭސްވަރަ އަރުތު އިފްތިތާޙު ކޮށްފި

ރޭ 21:00 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އައު ވެބްސައިޓާއި ޔުނިވަރސިޓީގެ ހަނަދޭސްވަރަ ވަނީ އިފްތިތާޙު ކުރެވިފައެވެ.

މި ރަސްމިއްޔާތަކީ ޔުނިވަރސިޓީއެއްގެ  ގޮތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބާއި ކުރިއެރުން ފާހަގަކުރުމެވެ.

އަދި މި 2 އަހަރު ދުވަހުގެ ތެރޭގައި ޔުނިވަރސިޓީގެ މުވައްޒަފުން ކޮށްފައިވާ މިންނެތް އަގުހުރި މަސައްކަށް ފާހަގަކުރުމެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ހޯމް އެފެއާރޒް އަޒްލީން އަޙުމަދު އެވެ. ހަމައެހެންމެ، މި ރަސްމިއްޔާތުގެ ޚާއްސަ މެހުމާނުންގެ ގޮތުގައި މިނިސްޓަރ އޮފް ފައިނޭންސްގެ ނައިބު، ޙުސައިން ޝާމް އާދަމް، އަދި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ޗާންސެލަރ، ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި ސީނިއަރ މެނޭޖްމެންޓްގެ އިތުރުން ޔުނިވަރސިޓީގެ ހުރިހާ ސްޓާފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި އިފްތިތާޙު ކުރެވުނު އާ ފޮތްތައް:

  • އިދާރީ ޤަވާޢިދުތަކާއި އުޞޫލުތައް
  • އެކަޑެމިކް ޤަވާޢިދުތަކާއި އުޞޫލުތައް
  • ޕްރޮސްޕެކްޓަސް
  • މުވައްޒަފުންގެ ސުލޫކީ މިންގަނޑު
  • ދަރިވަރުންގެ ސުލޫކީ މިންގަނޑު
  • ޢިލްމީ ދިރާސާއާއި ރިސާލާ ލިޔުމުގެ އިރުޝާދު
  • އައި.ޔޫ.އެމް ރިސަރޗް ސްކިލްސް ޑައިރީ އަދި ޕަރސަނަލް ޑިވެލޮޕްމަންޓް ޕްލޭނަރ
  • ގުރާންޓްސް އަދި ފަންޑިން ސްކީމްގެ އަތްމަތީފޮތް
  • ދަސްވެނިވާ ދަރިވަރުންގެ އަތްމަތީ ފޮތް
Rate this post