”ސާބަސް ޔަންމާ 2017“ ގެ ނަމުގައި ވަރަށް ޙާއްސަ ޑިސްކައުންޓްތަކަކާއި އެކު ޕްރޮމޯޝަނެއް އެމްޓީސީސީ ކަށަވަރުން މިއަދު ފަށައިފިއެވެ.
މިއަދުން ފެށިގެން 31 ޑިސެމްބަރގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން ޔަންމާ އިންޖީނުތައް ވަރަށް ޙާއްސަ އަގުތަކެއްގައި ލިބިގެންދާނެއެވެ. އަދި އެމްޓީސީސީ ކަށަވަރުން ވިއްކަމުންދާ ޔަންމާ 60 ހޯސްޕަވަރުން ފެށިގެން 255 ހޯސްޕަވަރާއި ދެމެދުގެ އިންޖީނުތަކަށް ވަަރަށް ޙާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަން އަމާޒުކޮށްފައިވަނީ ފައިސާ ދައްކަވާ ވަގުތުން ތަކެތި ބައްލަވައިގަންނަވާ ފަރާތްތަކަށެވެ.
އެމްޓީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމެވެ. އެ ގޮތުގެ މަތިން މި ނިމިގެން ދިޔަ ޖޫން އަދި ޖުލައި ގައި އެމްޓީސީސީ ކަށަވަރުން “ ޖޫން ޖުލާ ޕްރޮމޯޝަން 2017″ ގެ ނަމުގައި ޕްރޮމޯޝަންއެއް ވަނީ ހިންގާފައެވެ.
މި ޕްރޮމޯޝަންގެ ދަށުން ސުޒުކީ އިންޖީނު، ޔަންމާ އޮއިލް އަދި ސްޕެއަރ ޕާޓްސްތައް ބައްލަވައިގެންނެވި ފަރާތްތަކަށް ވަރަށް ޙާއްސަ ޑިސްކައުުންޓު ތަކެއް ވާނީ ދެވިފައެވެ. މީގެ އިތުރުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނާއި ބައްދަލުކޮށް ކަސްޓަމަރުންނަށް ޓްރެއިނިންގ އަދި މައުލޫމާތު ދިނުމުގެ ހަރަކާތްތައް މި ކުންފުނިން އަބަދުވެސް ރާވާ ހިންގަމުން ދެއެވެ.
އެމްޓީސީސީ އަކީ ދިވެހި ރާއްޖޭގައި ގާޢިމްކުރި އެންމެ ފުރަތަމަ އަދި އެންމެ އިތުބާރުކުރެވޭ ޕަބްލިކް ކުންފުންޏެވެ.
އެމްޓީސީސީއަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނާއި ކާސްޓްރޯލް އަޑީތެލާ، ސިގްމާ އެންޓިފައުލިންގ ސިސްޓަމް އަދި ސްކޮޓް ބާޑާރ ބްރޭންޑުގެ ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެެ.
އެމްޓީސީސީއިން ދަތުރުފަތުރުގެ ޚިދުމަތާއި ބަނދަރުހެދުމާއި ބިންހިއްކުމާއި ފަޅުފުންކުރުމާއި ގޮނޑުދޮށް ރައްކާތެރިކުރުމާއި ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފޯރުކޮށްދެއެވެ.