ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި ވޯޓާރ ފޯރ އައިލެންޑްސް ގެ ނަމުގައި ބޭއްވި ފޮޓޯ ކޮންޓެސްޓްގެ ނަތީޖާ މިއަދު ފާޅުކޮށްފި

ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި ވޯޓާރ ފޯރ އައިލެންޑްސް ގެ ނަމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) އާއި ގުޅިގެން ބޭއްވުނު ފޮޓޯ ކޮންޓެސްޓްގެ ނަތީޖާ މިއަދު ފާޅުކޮށްފިއެވެ.

މި ފޮޓޯ ކޮންޓެސްޓްގެ މަޤްސަދަކީ ފެން ރައްކާތެރިކުރުމާއި އިޤްތިސާދުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލި އަޅުވާލާ 2017 ވަނަ އަހަރުގެ ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރުމެވެ. މި ފޮޓޯ މުބާރާތް ބޭއްވިފައިވަނީ 2 ން 31 މާރޗްގެ ނިޔަލަށެވެ.

އިޝްތިހާރު Below Header ad

މި އަހަރުގެ ދުނިޔޭގެ ފެނުގެ ދުވަހުގެ ޝިޢާރުކަމަށްވާ ” ވައި ވޭސްޓް ވޯޓާރ؟” މި ތީމްގެ ދަށުން ފެން އަލުން ބޭނުންކުރުމާއި ރަގަޅު ގޮތުގައި ފެން މެނޭޖްކުރުމުގެ މުޙިއްމުކަމުގެ މައްޗަށް އަލިއަޅުވާލުމުގެ މަޤްސަދުގައި ބޭއްވުނު މި މުބާރާތް މި ޕްރޮޖެކްޓްގައި ބައިވެރިވާ 6 ޤައުމުގައި ވަނީ ކުރިއަށް ގެންދެވިފައެވެ.

މި ގޮތުން ދިވެހިރާއްޖޭގައި މިމިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދެވުނު މުބާރާތުގައި ވެސް ގިނަ އަދަދެއްގެ ފޮޓޯތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން 18 ބައިވެރިޔަކު ވަނީ 45 ފޮޓޯއެއް މިމުބާރާތައް ހުށަހަޅާފައެވެ. މި ފޮޓޯތައް  ޖަޖްކޮށްފައިވަނީ މި ދާއިރާގެ ފަރާތުން 03 ބޭފުޅުންގެ މައްޗަށް އެކުލަވާލެވިފައިވާ ޖަޖުންގެ ޕެނަލަކުންނެވެ.

މިމުބާރާތަށް ބައިވެރިން ހުށަހަޅާފައިވާ ފޮޓޯތަކުގެ ތެރޭގައި މިތީމާއި ގުޅުންހުރިގޮތަށް ފެން ރައްކާތެރިކުރުމާއި ފެން އަލުން ބޭނުންކުރެވޭނެގޮތްތަކާއި އިޤްތިޞާދުކުރެވޭނެ ގޮތްތަކުގެ މައްޗަށް ފޮޓޯތައް ހުށަހަޅާފައިވެއެވެ. މުބާރާތުން އެއްވަނައަށް ގޮސްފައިވަނީ މުޙައްމަދު ޔާސިފެވެ. އަދި މި މުބާރާތުން 02 ވަނައަށް ހޮވިފައިވަނީ ހުސެން ނިޔާޒެވެ. އަދި މި މުބާރާތުން ތިންވަނައަށް ހޮވިފައިވަނީ ފާތިމަތު ހަމްދާއެވެ. މި މުބާރާތުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް ސެޓްފިކެޓާއި ފައިސާގެ އިނާމު ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އަލްފާޟިލް ޠާރިޤް އިބްރާހީމެވެ.

މިމުބާރާތުގައި ބައިވެރިކުރާ ފޮޓޯތަކުގެ ތެރެއިން މިޕްރޮޖެކްޓްގައި ހިމެނޭ 6 ޤައުމުގެ ތެރެއިން އެންމެ ރަނގަޅު 2 ފޮޓޯ ހުށަހަޅާފައިވާ ފަރާތްތަކަށް ސެޕްޓެމްބަރ މަހު ސްވިޑިންގައި އޮންނަ ވޯލްޑް ވޯޓަރ ވީކްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި މުބާރާތް ރާވާ ހިންގާފައިވަނީ މިނިސްޓްރީއިން ދުނިޔޭގެ ފެނުގެ ދުވަހު އިފްތިތާޙްކޮށްފައިވާ “ފެންފަހި” ކެމްޕެއިންގެ  ދަށުންނެވެ. ފެންފަހި ކެންޕޭންގެ އަމާޒަކީ ފެނާއި ނަރުދަމާ އާއި ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުމެވެ. މި ކެންޕޭންގައި

ފެނުގެ ވަސީލަތްތަކާ ފެނާއި ނަރުދަމާގެ ނިޒާމުތަކާ ގުޅޭގޮތުން ސްކޫލް ކުދިންނާ ޒުވާނުންގެ ހޭލުންތެރިކަން އިތުރުކޮށް ފެނުގެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމުގައި ސްކޫލްކުދިންނާ ޒުވާނުންގެ ބައިވެރިވުން ހޯދުމަކީ ޚާއްސަ އިސްކަމެއް ދެވިފައިވާކަމެކެވެ. ކެންޕޭންގެ ތަފްސީލް ހިމެނޭ ލުއިފޮތެއް މިނިސްޓްރީގެ ވެބްސައިޓްގައިވަނީ އަޕްލޯޑް ކުރެވިފައިވެއެވެ. އަދި ކެންޕޭންގެ ދަށުން ހިންގޭ ތަފާތު އެކި އެކި ހަރަކާތްތައް މިނިސްޓްރީގެ ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާރޓްމަންޓުން ކުރިއަށް އެބަގެންދެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.