މިނިސްޓްރީ އާއި އެމް. އެން. ޑީ. އެފް. ގުޅިގެން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ކުރިއަށްގެންދާ މަލްޓިމީޑިއާ، ވެބް ޑިޒައިނިންގ އަދި ސްކިލްސް ޓްރެއިނިންގ ކޯހުގެ ފުރަތަމަ ސެމިސްޓަރގެ މަސައްކަތްތައް ހުށަހަޅައިފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް. އެން. ޑީ. އެފް) ގުޅިގެން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް ކުރިއަށްގެންދާ މަލްޓިމީޑިއާ، ވެބް ޑިޒައިނިންގ އަދި ސްކިލްސް ޓްރެއިނިންގ ކޯހުގެ ފުރަތަމަ ސެމިސްޓަރގައި އެކުދިން ކޮށްފައިވާ މަސައްކަތްތައް ހުށަހަޅައިފިއެވެ.

އެކުދިންގެ މަސައްކަތްތައް ހުށަހެޅުމަށް އިއްޔެ ކުޑަކުދިންގެ ހިޔާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ އާއި އެމް. އެން. ޑީ. އެފް.ގެ އޮފިޝަލުންނާއި، މުހްޔިއްދީން ސްކޫލްގެ އިސްވެރިންނާއި މިނިސްޓްރީގެ އަދި ކުޑަކުދިންގެ ހިޔާގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަކީ ތަފާތު ދާއިރާތަކުން ކުރިއަށް ދެވޭނެ ޤާބިލުކަންހުރި ކުދިންކަމުގައި އަބަދުވެސް ޤަބޫލުކުރައްވާކަމަށާއި، އެންމެ އުފާވަނީ މިއަދު އެކުދިންގެ މަސައްކަތްތަކުން އެކުދިންނަށް އަމިއްލައަށްވެސް އެކަން އިހުޞާސް ކުރެވޭނެތީކަމުގައި މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ. މީގެއިތުރުން މިފަދަ ޕްރޮގްރާމެއް މިހާ ފުރިހަމަގޮތެއްގައި ކުޑަކުދިންގެ ހިޔާގައި ކުރިއަށް ގެންގޮސްދެއްވާތީ، އެކަން ފާހަގަކޮށް އެމް. އެން. ޑީ. އެފް.އަށް ޝުކުރު ދެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިޕްރޮގްރާމް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އެމް. އެން. ޑީ. އެފް.ގެ ވޮރެންޓް އޮފިސަރ ގްރޭޑް 02 މުހައްމަދު ޔާމީން ފާހަގަކުރެއްވީ ރާއްޖޭގެ އެކި އަތޮޅުތަކުގައި އެމް. އެން. ޑީ. އެފް. އިން މިޕްރޮގްރާމް ހިނގަމުން ދާއިރު، ހިޔާގެ ކުދިން މިހާ ކުރުމުއްދަތެއްގެ ތެރޭގައި ވަރަށް ފުރިހަމަ މަސައްކަތްތަކެއް ދައްކުވައިދީފައިވާކަމަށާއި، މިދާއިރާއިން އެކުދިންނަށް ކުރިއަށް ދެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

މިކޯހުގައި ބައިވެރިވާ ކުދިންގެ ފަރާތުން ވާހަކަދައްކަމުން ކުޑަކުދިންގެ ހިޔާގެ ކުއްޖެއް ބުނެފައިވަނީ، މިފަދަ ފުރުސަތެއް ފަހިކޮށްދެއްވީތީ އުފާވާކަމަށާއި، އެކުދިންނާމެދު އެއްވެސް ކުށެއްނެތި މައިންބަފައިންނާއި އާއިލާއިން ހިތާމަވެރިކޮށް ކަންތައްތައް ވެގެންދިޔަނަމަވެސް އެކުދިންގެ ހިތްވަރާއި އަޒުމް ނުގުޑާނެކަމަށެވެ.

މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ފަށާފައިވާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ލެވަލް 3ގެ މިކޯހުގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ގްރޭޑް 7ން މަތީގެ ޖުމްލަ 22 ކުދިންގެ ކުރެހުންތައް މިހަފްލާގައި ވަނީ ހުށަހަޅާފައެވެ. މިކޯހުގައި ކިޔަވައިދޭ މައިގަނޑު ބައިތަކުގެ ތެރޭގައި ”އެޕްލައިންގ އިފެކްޓްސް އެންޑް އެނިމޭޝަން“ އާއި ”ކޮރަލް ޑްރޯ“ އަދި ”އެޑޯބް ފޮޓޯޝޮޕް“ ގެ އިތުރުން ”އެޑޯބް ޕްރިމިއަރ ޕްރޯ“ ހިމެނެއެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި 10 އަހަރާއި 18 އަހަރާ ދެމެދުގެ 66 ކުދިން މިވަގުތު ދަނީ ދިރިއުޅެމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.