ޔަމާލް ދެއްކި ހިތްވަރަށް ފްލިކްގެ ތައުރީފް

ބެލޮންޑޯ އެވޯޑު ހެރީ ކޭން ކާމިޔާބުކުރި ނަމަވެސް އެކަމާ ގުޅިގެން ލަމީން ޔަމާލް ދެއްކި ހަރުދަނާ މިޒާޖާމެދު ފަޚުރުވެރިވާކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

ހުކުރު ދުވަހު ވާހަކަދައްކަމުން ފްލިކް ބުނީ އެވޯޑު ނުލިބުމުން ކުރިމަތިވި މާޔޫސްކަމަށްފަހު ޔަމާލްގެ ފަރާތުން ފެނުނީ ވަރަށް ރަނގަޅު އިޖާބައެއް ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސްޕެއިންއާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށް ބާސެލޯނާއާއެކު ލަލީގާގެ ތަށި އުފުލާލި ނަމަވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ހޯމަ ދުވަހު ބޭއްވި ވޯޓުން 19 އަހަރުގެ ވިންގަރަށް ލިބުނީ ތިންވަނަ އެވެ. އެ އެވޯޑު ހެރީ ކޭން ކާމިޔާބުކުރިއިރު ދެވަނަ ހޯދީ ކީލިއަން އެމްބާޕޭ އެވެ.

ލަލީގާގައި އަލަވޭސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ފްލިކް ބުނީ ”ހެރީ ކޭން އެ އެވޯޑަށް ހައްގު. ނަމަވެސް ޔަމާލްއާ މެދު އަހަރެން ދެކޭގޮތް އެންމެންނަށްވެސް އެނގޭނެ. އޭނާއަކީ އެ އެވޯޑު ހާސިލުކުރެވޭ ފަދަ ފެންވަރެއް ހުރި ކުޅުންތެރިއެއް،“ ކަމަށެވެ.

މީގެ އިތުރުން ފްލިކް ބުނީ ޔަމާލްއާ މެދު ވަރަށް ފަޚުރުވެރިވާ ކަމަށާއި އޭނާ ފަރިތަކުރުންތަކުގައި ވަރަށް ބޮޑަށް ސަމާލުކަންދީ ކަންކަމާ ކުރިމަތިލީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި މިއީ ކަންކަމުގައި އަމަލުކުރަންޖެހޭނެ ގޮތް ކަމަށާއި ޔަމާލްގެ މި ހަރުދަނާ ވިސްނުމަކީ މުޅި ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަން އޭނާ ފާހަގަކުރި އެވެ.

ޖެހިޖެހިގެން ދެ މެޗުން ބަލިވުމަށްފަހު އަލަވޭސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި ޔަމާލަށް އޭނާގެ ހުނަރު ދައްކާލުމުގެ ފުރުސަތު ލިބޭނެ އެވެ.

ސީޒަންގެ ފުރަތަމަ 11 މެޗުން މޮޅުވެ މޮޅު ކުޅުމެއް ދައްކަމުން އައި ބާސެލޯނާގެ ފޯމަށް ބަދަލެއް އައީ މިދިޔަ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގައި ޕީ.އެސް.ޖީ އަތުން ބަލިވުމާ ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.