ޚަބަރު ފީތާ

ޓެކްނޯ ބްރޭންޑް ހޯމް އެޕްލަޔަންސް އެސްޓީއޯއިން ތައާރަފްކޮއްފި

File Photo

ސިންގަޕޫރުގެ މަޝްހޫރު ބްރޭންޑްއެއް ކަމަށްވާ ”ޓެކްނޯ“ ބްރޭންޑްގެ ގޭތެރޭގެ ސާމާނު އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ.

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން މަޢުލޫމާތު ދެއްވި ގޮތުގައި މިހާރު އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން އަދި  ކުރިއަށްއޮތް ތަނުގައި އެސްޓީއޯގެ އަތޮޅުތެރޭގެ ފިހާރަތަކުންވެސް ޓެކްނޯ ބްރޭންޑްގެ ތަކެތި ލިބެން ހުންނާނެއެވެ.

ބަދިގެ ހުޑް، އުދުން އަދި އަވަންގެ ގިނަ ސާމާނުތަކަށް މަޝްހޫރު ޓެކްނޯ ބްރޭންޑްގެ މިވަގުތު އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ލިބެން ހުންނާނީ ހޯމް އަދި އިންޑަސްޓްރިއަލް ޔޫސް އަށް ބޭނުންކުރާ އުދުން، އަވަން، ހުޑް، ދޮންނަ މެޝިން، ޑިޝްވޮޝަރ، ކޫލަރ، ފްރީޒަރ އަދި ޝަވަރ ހީޓަރއެވެ. އަލަށް މި ތަޢާރަފް ކުރެވުނު ސާމާނުގެ ސަބަބުން ގޭތެރެއަށް އަދި ބަދިގެއަށް ބޭނުންވާ ކޮލިޓީ ޕްރޮޑަކްޓްސް ހެޔޮއަގެއްގައި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްއިން ލިބެން ހުންނާނެއެވެ.

ސިންގަޕޫރުގައިވެސް ބޮޑެތި ގިނަ ކުންފުނިތަކާއިއެކު މަސައްކަތްކޮށްފައިވާ އަދި މިހާރުވެސް ކުރަމުން ގެންދާ ޓެކްނޯ ބްރޭންޑް ރާއްޖެއަށް ތަޢާރަފްކުރުމަކީ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއަށް ލިބޭ ވަރަށް ބޮޑު ފަޙުރެއްކަމަށް އެކުންފުނިން މަޢުލޫމާތު ދިނެވެ. އަދި ކުރިއަށްއޮތް ތަނުގައި މިބްރޭންޑްގެ އިތުރު ރޭންޖްތައް ތަޢާރާފްކުރާނެ ކަމަށްވެސް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން މަޢުލޫމާތު ދިނެވެ.

އަދި މިބްރޭންޑް ތަޢާރަފްކުރުމާއި ގުޅިގެން އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ވަނީ ޓެކްނޯއަށް ޙާއްސަކޮށްގެން އީދު އޮފާރގެ ނަމުގައި ޕްރޮމޯޝަންއެއް ފަށާފައެވެ. މި ޕްރޮމޯޝަންގައި ޓެކްނޯގެ ހުރިހާ މުދަލަކުން %10 އާއި ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި ހަމަމިއާއެކު އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ފޭސްބުކް ޕޭޖްގައި https://web.facebook.com/Stohomeimprovement ޓެކްނޯގެ ހާއްސަ ލައިކް، ޝެއަރ އެން ވިން އެއް ކުރިއަށްދާނެ ކަމަށްވެސް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން މަޢުލޫމާތު ދިނެވެ. މިޕްރޮމޯޝަން ކުރިއަށްދާނީ 13 ޖުލައިގެ ނިޔަލަށެވެ.

ޓެކްނޯ ބްރޭންޑްގެ މުދަލަށްވެސް އެސްޓީއޯއިން 1 އަހަރު ދުވަހުގެ ވޮރޮންޓީ ފޯރުކޮށްދެއެވެ.

އެސްޓީއޯއަކީ ހިޓާޗީ، ފިލިޕްސް، މަކިޓާ އަދި ނިޕޯންގެ ރާއްޖޭގެ އޮތޮރައިސްޑް ޑިސްޓްރިބިއުޓަރއެވެ.

Rate this post