ޚަބަރު ފީތާ

”ކުޑަކުދިންގެ ހިޔާ“ ގައި ތިބޭ ކުދިންނަށް ކަސްޓަމްސް އިން ރޯދަވީއްލުމެއް ބާއްވައިފި.

ވިލިމާލެ ”ކުޑަކުދިންގެ ހިޔާ“ ގައި ތިބޭ ކުދީންނަށް ކަސްޓަމްސް މުވައްޒަފުންގެ ފަރާތުން ރޯދަވީއްލުމެއް ބާއްވައިފިއެވެ.

އިއްޔެ ވިލިމާލެ މުހިޔިއްދީން ސްކޫލްގައި ބޭއްވުނު މި ރޯދަވީއްލުމުގައި ”ކުޑަކުދިންގެ ހިޔާާ ގައި ތިބޭ 63 ކުދިން ބައިވެރިވެފައިވެއެވެ.

މިރޯދަ ވީއްލުމުގައި އެކުދީންގެ އިތުރުން ”ކުޑަކުދިންގެ ހިޔާގެ“ އިސްވެރިންނާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބުރާހިމް ޝަރީފް މުޙައްމަދު އާއި ކަސްޓަމްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރޯދަ ވީއްލުމުގެ މަޤްޞަދަކީ ކަސްޓަމްސްގެ އިޖްތިމާއީ ޒިންމާގެ ދަށުން މުޖުތުމައުގައި އެހީތެރިކަމަށް ބޭނުންވާ މިފަދަ ކުދީންނަށް އުފާވެރި ވަޤުތުކޮޅެއް ފޯރުކޮށްދިނުމާއި، ސަދަޤާތްކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ރިވެތި އާދަ މުވައްޒަފުންގެ މެދުގައި އަށަގެންނެވުމަށް ބާރުއެޅުމެވެ.

ރޯދަވީއްލުމަށްފަހު ކުޑަކުދީންގެ ހިޔާގެ ކުދީންނަށް ކަސްޓަމްސް މުވައްޒަފުންގެ ފަރާތުން ހަދިޔާ ދިނުންވެސް ކުރިއަށް ގެންދެވުނެވެ.

Rate this post