ޚަބަރު ފީތާ

ރާއްޖެ އެތެރެކުރަން އުޅުނު 1.2 ކިލޯގެ ކެނެބިސް ކަސްޓަމްސްއިން އަތުލައިގެންފި

ރާއްޖެއައި ޕެސެންޖަރަކު އެތެރެކުރަން އުޅުނު 1.2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

މިމަހުގެ 12 ވަނަ ދުވަހު ސްރީލަންކާއިން ރާއްޖެއައި 30 އަހަރުގެ ސްރީލަންކާ ފިރިހެނެއްގެ ލަގެޖުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޕެސެންޖަރ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުކުރެވިގެން ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި އަޅާފައިހުރި ދަޅަކާއި ޕްލާސްޓިކް ފުޅިއެއް ވަނީ ފެނިފައެވެ.

މި ތަކެތި ތަހުލީލުކުރިއިރު ވަނީ މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައެވެ.

މިމީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކުރެވިފައިވާއިރު އެފަރާތުން ދަނީ މިމައްސަލަ އިތުރަށް ތަޙްޤީގްކުރައްވަމުންނެވެ.

Rate this post