ޚަބަރު ފީތާ

ރަމަޟާންމަހު ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށް އަންނަނީ މަސައްކަތް ކުރަމުން: އިކޮނޮމިކް މިނިސްޓްރީ

އަންނަ ރަމަޟާންމަހު ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ރަމަޟާންމަހަށް ޢާންމުކޮށް ތަކެތި އެތެރެކުރާ ފަރާތްތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށާއި ތަކެތީގެ އަގުތައް އުފުލިގެން ނުދާނެކަމުގެ ޔަޤީންކަން އެ ފަރާތްތަކުން ދީފައިވާ ކަމަށެވެ.

އަދި ތަކެތި ހުސްނުވެ ލިބޭނޭކަމަށްވެސް ވަނީ ބުނެފައެވެ.

އިކޮނޮމިކް މިިނިސްޓްރީން ބުނީ މުދާ ކޮންޓްރޯލު ކޮށްގެން ވިއްކުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް އަގުބޮޑުކޮށް ވިއްކުމަކީ މައްސަލައެއް ކަމަށެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

Rate this post