މި ޕްރޮމޯޝަންގެ ނަމަކީ އެސްޓީއޯ ލައްކަ ސާމަނު ޕްރޮމޯޝަންއެވެ. ޕްރޮމޯޝަން ކުރިޔަށްދާނީ 16 މެއި 2017 އިން ފެށިގެން 16 އޮކްޓޯބަރުގެ 2017 ގެ ނިޔަލަށެވެ.
އެގޮތުން ޕްރޮމޯޝަން ފެށުމާއެކު އެސްޓީއޯ ކޮންސްޓަރަކްޝަން މާލެ ފިހާރަތަކުން ކުރައްވާ ކޮންމެ 5,000 ރުފިޔާގެ ކޭޝް ވިޔަފާރިއަށް ކޫޕަނެއް ދެވޭނެއެވެ. އަދި ކުރައްވާ ކޮންމެ 10,000 ރުފިޔާގެ ކްރިޑިޓް ވިޔަފާރިއަށް ކޫޕަނެއް ދެވޭނެއެވެ. ހަމައެހެންމެ ރެޑީމިކްސް ކަސްޓަމަރުން ނަންގަވާ ކޮންމެ CBM (ސީ.ބީ.އެމް) އަކަށް ކޫޕަނެއް ދެވޭނެއެވެ.
ޕްރޮމޯޝަން ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ 16 މެއި 2017 ގެ ހެނދުނު 10:00 ކޮންސްޓްރަކްޝަން 6 ނަންބަރު ޕަވަރމިކްސް ވެއަރހައުސްގައެވެ.
ޕްރޮމޯޝަން އިފްތިތާޙް ކޮށްދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރެވެ.
ޕްރޮމޯޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ބާއްވާފައި އޮތް ޕްރެސް ބްރީފިންގ ގައި އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ޖެނެރަލް މެނޭޖަރ ވަނީ މި ޕްރޮމޯޝަންގެ މައިގަނޑު މަޤްޞަދާއި ބޭނުމަށް އަލިއަޅުވާލާފައިވެއެވެ.
މި ޕްރޮމޯޝަން މައިގަނޑު ބޭނުމަކީ އެސްޓީއޯ އިން އަލަށް ދެމުންއަންނަ ޕަވާރމިކްސް ބްރޭންޑުގެ ރެޑީމިކްސް ކޮންކްރިޓް އިސްތިހާރުކުރުމާއި އެސްޓީއޯ އިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނަށް އާންމުންގެ ތެރޭގައި ހޭލުންތެރިކަން އުފައްދައި އެ ޕްރޮޑަކްޓްތަކަށް މަޤްބޫލުކަން އިތުރުކުރުމާއި އެސްޓީއޯ އިން ވިޔަފާރިކުރައްވާ އާންމު ކަސްޓަމަރުންނަށް ރަނގަޅު ވެލިއު އެޑެޑް ސާރވިސްތަކެއް ދިނުމެވެ.
މިއީ އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސްއިން މިއަހަރު ބާއްވާ އެންމެ އަގުހުރި ޕްރޮމޯޝަންއެވެ.