އެޕްރީލް މަހު މީރާއަށް 1.1 ބިލިއަން ރުފިޔާ ބަލައިގެންފި

ުސްވި އެޕްރީލް މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.13 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ހާމަކުރައްވައިފިއެވެ.

މިއީ، މިދިޔަ އަހަރުގެ އެޕްރީލް މަހާ އަޅާ ބަލާއިރު 26.5 އިންސައްތަ އިތުރު ޢަދަދެކެވެ. މީގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، ވިތުހޯލްޑިންގ ޓެކްސް، އެއަރޕޯޓް ސަރވިސް ޗާޖް، ރެމިޓެންސް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް އެންޑް ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި ލިބިފައިވާ ޢަދަދު މިދިޔަ އަހަރުގެ އެޕްރީލް މަހަށްވުރެ އިތުރުވުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެޕްރީލް މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %58.5 ނުވަތަ 658.5 މިލިއަން ރުފިޔާ އެވެ. އެޕްރީލް މަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެއަރޕޯޓް ސަރވިސް ޗާރޖް (91.1 މިލިއަން ރުފިޔާ ނުވަތަ %8.1) އިންނެވެ. މީގެ އިތުރުން، ބީ.ޕީ.ޓީ (85.7 މިލިއަން ނުވަތަ %7.6)، ޓޫރިޒަމް ލޭންޑް ރެންޓް (65.1 މިލިއަން ރުފިޔާ ނުވަތަ %5.8)،  ގްރީން ޓެކްސް (62 މިލިއަން ރުފިޔާ ނުވަތަ %5.5) އަދި އެހެނިހެން ފީ (162.9 މިލިއަން ރުފިޔާ ނުވަތަ %14.5)ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފާހަގަ ކުރެވެއެވެ.

އެޕްރީލް  2017 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 43.1 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމުގައި އެ އޮތޯރިޓީން މަޢުލޫމާތު ދެއްވައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.