އެސްޓީއޯއިން ރޯދައަށް ޚާއްސަކޮށް ގެންނަ ފިޔާ، އަލުވި އަދި ބިސް 13 މެއި 2017ގައި ވިއްކަންފަށަނީ..

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް އެސްޓީއޯގެ ފަރާތުން ރަމަޟާންމަހަށް ޚާއްޞަކޮށްގެން އެތެރެކުރާ ފިޔާ، ބިސް އަދި އަލުވި 13 މެއި 2017 ވާ ހޮނިހިރު ދުވަހު ވިއްކަން ފަށާނެއެވެ.

13 މެއި 2017 އިން ފެށިގެން 19 މެއި 2017ގެ ނިޔަލަށް މިތަކެތި ހޯލްސޭލްކޮށް ވިއްކުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ ސުޕަމާރޓް ހޯލްސޭލް ސެންޓަރުންނެވެ. ހޯލްސޭލް ސެންޓަރު ހުޅުވިފައި ހުންނާނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 12:00 ށް އަދި މެންދުުރުފަހު 13:00 ން ހަވީރު 17:00 އަށެވެ.

އިޝްތިހާރު Below Header ad

20 މެއި 2017 އިން ފެށިގެން ފިޔާ، ބިސް އަދި އަލުވީގެ ހޯލްސޭލް ވިޔަފާރި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެސްޓީއޯގެ 2 ނަންބަރު ކޮށިންނެވެ. މިތަން ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:30ށް 16:00އަށެވެ.

އަދި ރަމަޟާން މަސް ފެށުމުން 2 ނަންބަރު ކޮށި ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00ން 12:00ށް އަދި މެންދުރުފަހު 13:00ން 15:00އަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.