އުރީދޫ މޯލްޑިވްސްގެ އައި.ޕީ.އޯ. އާއި ގުޅޭގޮތުން އެއްބާރުލުން ދިނުމަށް އުރީދޫ މޯލްޑިވްސް ޕީ.އެލް.ސީ. (އުރީދޫ މޯލްޑިވްސް) އަދި ބޭންކް އޮފް މޯލްޑިވްސް ޕީ.އެލް.ސީ. (ބީ.އެމް.އެލް.) އާއިއެކު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ.) އެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެމް.އޯ.ޔޫ. ގައި ސޮއިކުރެވުނީ އުރީދޫ މޯލްޑިވްސްގެ އައި.ޕީ.އޯ. ގެ ބޭންކަރ ކަމަށްވާ ބޭންކް އޮފް މޯލްޑިވްސްގެ މައި އޮފީހުގައު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެމް.އޯ.ޔޫ.ގައި ސޮއިކުރެވިގެންދިއުމާއެކު އުރީދޫ މޯލްޑިވްސްގެ އައި.ޕީ.އޯ. ކަލެކްޝަން އެކައުންޓް، އަދި އައި.ޕީ.އޯ. ޕޭމަންޓް ގޭޓްވޭ އެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހަމަޖެހިގެންދާނެއެވެ.
އުރީދޫ މޯލްޑިވްސްގެ ޙިއްޞާ ގަތުމުގެ ފުރުސަތު 29 މެއި 2017 ގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފައެވެ.
”އުރީދޫ މޯލްޑިވްސްގެ އައި.ޕީ.އޯ.ގެ ބޭންކަރގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްއިން ދެއްވާ އެއްބާރުލުމަށް ވަރަށް ޚާއްޞަ ޝުކުރެއް ރައްދުކުރަން.“ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.
އިންވެސްޓް ކުރައްވަން ޝައުޤުވެރިވެލައްވާ ބޭފުޅުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އުރީދޫ އެކްސްޕީރިއަންސް ސެންޓަރތައް، އުރީދޫ ބިޒްނަސް ޕާރޓްނަރތައް، ޕޯސްޓް އޮފީސްތައް، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ބްރާންޗްތައް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗްތައް، އަދި ލައިސަންސް ލިބިފައިވާ ޑީލިންގ ކުންފުނިތައް މެދުވެރިކޮށް އުރީދޫގެ ޙިއްސާ މިހާރު ބައްލަވައިގަންނެވޭނެއެވެ.
ހުރިހާ ކަލެކްޝަން ޕޮއިންޓެއްގެ ފުރިހަމަ ލިސްޓެއް އުރީދޫ މޯލްޑިވްސްގެ ޕްރޮސްޕެކްޓަސްގައި ހިމެނިފައި ވާނެއެވެ. ޕްރޮސްޕެކްޓަސްއާއި، އެޕްލިކޭޝަން ފޯމުގެ އިތުރުން އައިޕީއޯ އާއި ގުޅުން ހުރި އެހެނިހެން މައުލޫމާތުތައް އޮންލައިންކޮށް ހޯއްދެވުމަށް އުރީދޫގެ ވެބްސައިޓް http://ooredoo.mv/investors އަށް ޒިޔާރަތްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ރަމަޟާންމަހުގެ ފުރަތަމަ ދުވަސް ހަފްތާގެ ބަންދުނޫން ދުވަހަކާ ދިމާވެއްޖެނަމަ މިތާރީޚަށް ބަދަލުއައުން އެކަށީގެންވެއެވެ.