ޚަބަރު ފީތާ

އެމްއާރްސީގެ ގަވަރނިންގ ބޯޑް އެކުލަވާލައިފި

މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) ގެ ގަވަރނިންގ ބޯޑް މެމްބަރުންގެ މަޤާމުތަކަށް މީހުން ހޮވައިފިއެވެ.

މި މަޤާމުތަކަށް މީހުން ހޮވާފައިވަނީ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި އެމްއާރްސީގެ ގެ ނުވަވަނަ އަހަރީ ޢާއްމު ޖަލްސާގައެވެ.

މި ޖަލްސާގައި މިދިޔަ އަހަރުގެ އޯޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓާއި ފައިނޭންޝަލް ކޮމިޝަން ރިޕޯޓު އަދި ގަވަރނިންގ ބޯޑް ރިޕޯޓް ހުށަހަޅާ ފާސްކޮށްފައިވާ އިރު، 2017 އާއި 2018 ވަނަ އަހަރުގެ އަހަރީ ޕްލޭނާއި ބަޖެޓްވެސް ހުށަހަޅާ ފާސްކޮށްފައިވެއެވެ.

އެމްއާރްސީގެ ރައީސްކަމުގެ މަޤާމަށް ހޮވާފައިވަނީ ފާއިތުވި ދައުރުގައިވެސް އެ މަޤާމުގައި ހުންނެވި ޢަލީ ނަޝީދު އެވެ. މާލެ ދާއިރާގެ ޢާންމު މެމްބަރަކަށް އާރިފް ރަޝީދު ހޮވިފައިވާއިރު އުތުރު ދާއިރާގެ ޢާންމު މެމްބަރުންގެ ގޮތުގައި ހޮވާފައިވަނީ ޢަބްދުލްރަހީމް ނާޝިދު ޢަބްދުއްލަތީފު އާއި މޫސާ އަބޫބަކުރު އެވެ.

Rate this post