އެސްޓީއޯ އިން ރަމަޟާން މަހަށް ޙާއްސަކޮށް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ރަމަޟާން ބާޒާރު ޕްރޮމޯޝަން އެސްޓީއޯ ސުޕަރމާޓުގައި މިއަދު ފަށައިފިއެވެ.
އޭޕްރީލް މަހުގެ 23 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 01 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ރަމަޟާން ބާޒާރު ފައްޓަވައިދެއްވީ އެސްޓީއޯ ސުޕަމާރޓްގައި އެކަމަށް ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި އެސްޓީއޯ ގެ ސީނިއަރ ޖެނެރަލް މެނޭޖަރ ފާތިމަތު އާޝާން އެވެ.
މިޕްރޮމޯޝަންގައި ޙާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާއިރު، ކަސްޓަމަރުން އެސްޓީއޯ ސުޕަރމާޓުން ކުރައްވާ -/300 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ.
އަގުހުރި އިނާމުތަކެއް ލިބިވަޑައިގަންނަވާ މިޕްރޮމޯޝަންގައި އެއްވަނަ، ދެވަނަ އަދި ތިންވަނައައް ހޮވިވަޑައިގަންނަވާ ބޭފުޅުންނަށް 1 އަހަރު ދުވަހުގެ މުއްދަތައް އެސްޓީއޯ ސުޕަމާރޓުން ވިޔަފާރިކުރެއްވޭނެ ވައުޗަރު ލިބިވަޑައިގަންނަވާނެއެވެ. މީގެއިތުރުން ކޮންމެ ހަފްތާއަކުވެސް ހޮވާލެވޭ ނަސީބުވެރި 3 ބޭފުޅަކަށް އެސްޓީއޯ ސުޕަމާރޓުން ވިޔަފާރިކުރެއްވޭނެ ވައުޗަރު ލިބިވަޑައިގަންނަވާނެއެވެ.