އުންމަތުގެ ހާލު ގޯހުން ގޯހަށް! ދިވެހިން ވާނުވާއެއް ނޭނގި!

ރާއްޖޭގެ މީޑިއާތަކަށް ބަލައިލުުމުން މާ ބޮޑު ކަމެއް ވެގެން އުޅޭހެނެއް ހިއެއް ނުވެއެވެ. ފާއިތުވި ހަފްތާއިން ފެށިގެންވެސް މި ދެކެވެނީ އެއް ވާހަކައެވެ. އެއީ “ދިވެހި މޮޑެލް” ރައުދާގެ މަރުގެ ވާހަައެވެ. އެއް މުސްލިމެއްގެ މަރުގެ ސަބަބުން ތާ އަބަދަށް ހިތާމަ ކޮށް އެހެން މުސްލިމު އަޚުންނާއި އުޚްތުންގެ މަރު، އެންމެ ކުޑަ މިނުން ހަނދާން ކޮށްލަން އުޒުރުވެރި ވުމަކީ އަހަރުމެން އެކަމާ ވިސްނާލުން ރަނގަޅު ކަމެކެވެ. އިސްލާމްދީނަކީ ހަމަހަމަ ދީނެކެވެ. އިންސްޓަގްރާމްގައި ފޮލޯވަރސް ގިނަ ވުމަކުން އަދި ތިބާ މަތިވެރި ނުވެއެވެ. އެއީ އަހަރުމެން މުސްލިމުން ޤަބޫލުކޮށްގެން ވާނޭ އުސޫލެއް ނޫނެވެ.

ދިވެހިން 100% މުސްލިމުން ކަމަށް ދައުވާ ކުރާއިރު އުންމަތަށް ވެގެންދާގޮތް އެނގެނީ ކިތައް ދިިވެހިންނަށް ހެއްޔެވެ. މުސްލިމުންގެ ކަންތައްތަކާ ނުވިސްނާނަމަ “މުސްލިމުންގެ” ޓެގް އަޅުވައިގެން އަހަރުމެން އުޅުމުގެ ބޭނުމަކީ ކޮބާ ތޯއެވެ؟

އިޝްތިހާރު Below Header ad

އިއްޔެ ޝާމްގެ މާތް ބިމުގައި ހިނގާދިޔަ ހާދިސާއަކީ މި ފަހުގެ ތާރީހުގައިވެސް އިންސާނުން ނުދެކޭފަދަ ނުރައްކާތެރި ހާދިސާއެކެވެ. ސީރިއާގެ އިދްލީބުގައި ދިން މި ކެމިކަލް ހަމަލާގައި 100 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެެވެ. އަދި 500 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެ ނުކުޅެދިފަ އެވެ.

މި ހަމަލާ ދީފައިވަނީ ކޮން ކެމިކަލްއެއް ބޭނުންކޮށްގެން ކަމެއް އަދިވެސް ޔަޤީންކުރެވިފައި ނުވާއިރު އެނގޭ ކަމަކީ މިއީ އާދައިގެ ކެމިކަލް އެއް ނޫންކަމެވެ. ބަައެއް ރިޕޯޓް ތަށް ބުނާ ގޮތުން ހަމަލާ ދިފައިވަނީ “ސެރިން” ކިޔާ ހަނގުރާމައިގައި ބޭނުންކުރުން “މަނާ” މާއްދާ އަކުންނެވެ. މިއީ ފަހުގެ ތާރީހެއްަގއި ދުނިޔެ ދެކެފައިވާ ހިޓްލަރު ފަދަ ނުރައްކާތެރި މީހުންވެސް ބޭނުންނުކުރާ ހަތިޔާރެކެވެ.  1997 ގެ ” ކެމިކަލް ވެޕަންސް ކޮންވެންޝަން” ގައި ވަނީ މި ކެމިކަލް އަކީ ” ވެޕަން އޮފް މާރސް ޑިސްޓްރަކްޝަން” އެއްގެ ގޮތުގައި ކަޑައަޅައިފައެެވެ. މި ކެމިކަލް ހަށިގަނޑަށް ނޭވާލާ ނިޒާމުގެ ތެރެއިން އެތެރެ ވުމަށްފަހު 1 މިނެޓާއި 10 މިނެޓުގެ ތެރޭގައި ހަށިގަނޑަށް ގެއްލުންދޭން ފަށައެވެ. އެގޮތުން ނޭވާލާން އުނދަގޫވެ ފުއްޕާމެއަށް އެކި ގޮތް ގޮތް ވާން ފަށައެވެ. އަދި އެ ވަގުތުން ވަގުތަށް ފަރުވާ ނުދެވިއްޖެނަމަ މީހާ ތާ އަބަދަށް ނުކުޅެދުންތެރި ވެއެވެ. އަދި މަރުވުމަކީވެސް “ޗާންސް” ވަރަށް ބޮޑު ކަމުގައި ޑޮކްޓަރުންނާއި ސައިންސްވެރިން ވަނީ ބުނެފައެވެ.

ސީރިއާގައި ހަރަކާތް ތެރިވާ ބައެއް ނޫސްވެރިން ބުނާ ގޮތުން މި ހަމަލާ އަކީ މިދިޔަ ހޯމަ ދުވަހު ރަޝިއާގެ ސަބްވޭ އަކަށް ދިން “11 މީހުން މަރާލި” ހަމަލާއެއްގެ ބަދަލުހިފުމެވެ. ރަޝިއާއަކީ ވެސް ބައްޝާރުލް އައްސަދަށް ތާޢީދު ކުރަމުންއަންނަ “ޓެރަރިސްޓު ޖަމާއަތެކެވެ”. ސީރިޔާ ގައި ހިނގަމުންދާ ހަނގުރާމައަށް 6 އަހަރު ވެެގެންދާއިރު އަދިވެސް ހައްލެއްގެ ކޮޅެއްވެސް ފެންނާކަށް ނެތެވެ.

“ދާޙިލީ” ގެ ނަމުން މި ހަނގުރާމަ މަޝްހޫރު ވެފައި ވީ ނަމަވެސް މިއީ ދާޙިލީ ހަނގުރާމަ އެކޭ ނުބުނެވޭނެއެވެ. އަދި މިއީ “ހަނގުރާމަ” އެކޭ ވެސް ނުބުނެވޭއެވެ. އެއީ މިއީ މުޅީ ދުނިޔެ ކަހަލަ ގޮތަކަށް ބައިވެރިވެގެން ކުރަމުންދާ ހަނގުރާމަތަކެކެވެ. “އައިސިސް ” ފަދަ ޖަމާއަތް ތަކަށް އެމެރިކާއިން ފަންޑް ކޮށް ހަތިޔާރު ދެމުން ދާއިރު ސީިރިޔާގައި އޮތް ޓެރޮރިސްޓް ސަރުކާރަށް ރަޝިއާ އާއި އީރާނުން ދަނީ ހަތިޔާރު ދީ ވަރުގަދަ ކުރަމުންނެވެ. މިއީ ކޮންގޮތަކަށް ކޮންބޭނުމަކު ހިނގާ ކަމެއްކަން ޔަޤިންނޫންނަަމަވެސް މިއީ ﷲ ސުބަހާނަހޫ ވަތަޢާލާ ގެ ޤަަދަރުފުޅެވެ. ޝާމްގެ މާތް ބިމުގައި މިފަދަ ކަންތައްތައް ހިނގައި ދިއުމަކީ އޭނގައި ވަރަށްގިނަ ހިކުމަތް ތަކެއް ވާނޭ ކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.