ޚަބަރު ފީތާ

ބަންގްލަދޭސީ ރައްޔިތަކު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފި

ބަންގްލަދޭސީ ރައްޔިތަކު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފިއެވެ.

ގދ.ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ދިވެހި ފުލުހުން ހޯދަމުން އަންނަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އުމުރުން 47 އަަހަރުގެ ޔޫނުސް އެވެ.

ފުލުހުން ބުނީ ޔޫނުސްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން ނަމްބަރ 3322111 އަށް ނުވަތަ ގދ.ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9790111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދޭ ކަަމަށެވެ.

Rate this post