ޚަބަރު ފީތާ

ގައްދޫގައި ނަރުދަމާގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް ތާރިޤް އެރަށަށް ވަޑައިގެންފި

ތިމާވެއްޓާއި ހަކަތަ އާބެހޭ ވަޒީރު ތާރިޤް އިބްރާހިމް ގދ. ގައްދޫގައި ޤާއިމުކުރާ ނަރުދަމާ ނިޒާމުގެ ޢަަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް އެރަށަށް ވަޑައިގެންފިއެވެ.

އެންމެނަށް ރައްކާތެރި ނަރުދަމާ ޔަޤީން ކޮށްދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނޭ ނިޒާމެއް ގދ.ގައްދޫގައި ޤާއިމު ކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރުއެވެ.

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތަކީ ދިވެހި ސަރުކާރާއި އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯން އެހީގެ ދަށުން 40،931،659.82ރ. (ސާޅީސް މިލިޔަން، ނުވަ ސަތޭކަ ތިރީސް އެއްހާސް، ހަސަތޭކަ ފަންސާސް ނުވަ ރުފިޔާ އައްޑިހަ ދެލާރި) ރުފިޔާއަށް ކުރާ މަސައްކަތެކެވެ.

މިމަޝްރޫޢުގެ އެއްބަސްވުމުގައި 11 މެއި 2016ގައި ސޮއިކޮށްފައިވާ އިރު، މިމަޝްރޫޢުގެ ދަށުން 8 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް 410 ޓަނުގެ ސުވޭޖް ޓްރީޓްމަންޓް ޕްލާންޓެއް (މުސްތަޤްބަލުގައި 500 ޓަނަށް އިތުރުކުރެވޭނެ) ބަހައްޓާ، ނަރުދަމާގެ ޚިދުމަތް ޤާއިމްވެ 708  ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ގުޅައި ދެވޭނެއެވެ.

 

Rate this post