ޚަބަރު ފީތާ

ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ އިސްލާހުގެ ފުރަތަމަ ދެލިކޮޕީއަށް ޚިޔާލު ހޯދަނީ…

ބްރޯޑްކާސްޓް ކުރުމުގެ ކުރުމުގެ ޤަވާޢިދުގެ އިސްލާހުގެ ފުރަތަމަ ދެލިކޮޕީއަށް ޚިޔާލު ހޯދުމަށް ޢާންމުކޮށް ހުޅުވާލައިފިއެވެ.

އެފުރުސަތު ކޮމިޝަނުން މިއަދު ހުޅުވާލާފައިވާ އިރު، މިކަމާ ގުޅިގެން ކޮމިޝަންގެ އިޢުލާނުގައި ވަނީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ އިސްލާހުގެ ފުރަތަމަ ދެލިކޮޕީއަށް ޚިޔާލު ދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2 މާރޗު 2017ގެ 15:00ގެ ކުރިން އެ ފަދަ ކޮމެންޓްތައް ކޮމިޝަނުގެ އީމެއިލް: [email protected] އަށް ފޮނުވުމަށް އެދޭކަމަށެވެ.

އަދި ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތްވެސް ކޮމިޝަނުން މިހާރު ކުރަމުންދާ ކަމަށާއި އެ ގަވާއިދު ގެ އިސްލާހު އަވަސް ފުރުސަތެއްގައި ނިންމުމަށްފަހު ކޮމެންޓްކުރުމަށް ފުރުޞަތު ހުޅުވާލާނެކަމަށްވެސް ކޮމިޝަނުގެ އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ.

Rate this post