އަލް ޢަސްރުގެ ”އޮޑެސީ އޮފް ދައުވާ“ ޓީމްތައް ފުރައިފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ އަދި އިޖުތިމާޢީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަަދުގައި އެކި އަތޮޅުތަކުގެ ރަށްތަކަށް ޒިޔާރަތް ކޮށް ކުރިއަށްގެންދާ ”އޮޑެސީ އޮފް ދައުވާ“ ގެ ދަތުރުތައް މިފަހަރު ހއ.އުތީމު އަދި ކ.ގާފަރު ގައި ކުރިއަށް ގެންދިއުމަށް އަލް ޢަސްރުގެ ޓީމްތައް ފުރައިފިއެވެ.

މި ހަފްތާގެ ބުރާސްފަތިން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް އެކި ޕްރޮގްރާމް ތަކާއި އެކު ފުރި އަލް ޢަސްރުގެ ޓީމުތަކާއި އެކު އައްޝައިހް މުހައްމަދު ޝާފިއު އަދި އައްޝައިހް ޢަބްދުލްރަޙީމް ބައިވެރިވެލައްވާނެ ކަމަށް އެބޭފުޅުން މައުލޫމާތު ދެއްވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ދަތުރުތަކުގައި މިސްކިތް ތަކުގައި ކުރު ދަރުސްތައް ދިނުމާއި އެކު ”ކޮފީ ވިތް ޝެއިހް“ ގެ އިވެންޓަކާއި، އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން ދަރިން ތަރުބިއްޔަތު ކުރުމުގެ ކުރު ވޯރކްޝޮޕަކާއި ދަރިވަރުންނަށް ހާއްސަކޮށްގެން ”ހޫ އިޒް ޔުއަރ ރޯލް މޮޑެލް“ މި މައުލޫގެ މައްޗަށް އެކުލަވާލެވިފައިވާ ޕްރޮގްރާމް އެއް ކުރިއަށް ދާނެއެވެ.

މި ދެރަށުގެވެސް ކައުންސިލްގެ އިސް ނެންގެވުމާއި އެކު އެބޭފުޅުންނާއި އަލް ޢަސްރާއި ގުޅިގެން ޒުވާނުންނާއި އެކު މަސްދަތުރެއް ދިއުމަށްވެސް މިފަހަރުގެ ދަތުރުތަކުގައި ވަނީ ކަނޑައަޅާފައެވެ. އަދި ދޮށީ އުމުރުގެ ބޭފުޅުންނަށް ހަވީރު ސަޔަކާއި އެކު ޝެއިހުން އެބޭފުޅުންގެ ސުވާލުތަކަށް ޖަވާބުދެއްވާ ވަޤުތު ހޭދަކޮށްލުމާއި ”އެންމެ ގާތުން“ މި ނަމުގެ ދަށުން ކުރިއަށް ގެންދާ ގޭގެއަށް ޒިޔާރަތްކޮށް އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށްވެސް ވަނީ ރޭވިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.