ޚަބަރު ފީތާ

އުރަމަތީގެ ކެންސަރުގެ ބިރު ރާއްޖޭގައި ވަރަށްބޮޑު: ހެލްތު މިނިސްޓަރ

ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް: ފައިލް ފޮޓޯ

އުރަމަތީގެ ކެންސަރުގެ ބިރު ރާއްޖޭގައި ވަރަށްބޮޑުކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މެމޯގްރަފީގެ އެހީގައި އުރަމަތީ ކެންސަރަށް ސްކްރީން ކުރުމުގެ ޚިދުމަތާއެކު އުރަމަތީގެ ބަލިތަކަށް ފަރުވާދޭ ޚާއްޞަ ކްލިނިކު ހުޅުވުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނސްޓަރ ވިދާޅުވީ އުރަމަތީގެ ކެންސަރުގެ ބިރު ރާއްޖޭގައި ބޮޑުކަމަށާއި އެ ބަލި ކުރިން ދެނެގަތުމަށް ސްކްރީން ކުރުން ވަރަށް މުހިއްމު ކަމަށެވެ.

އަދި އައިޖީއެމްއެޗުގައި އުރަމަތީގެ ކެންސަރަށް ފަސޭހައިން ސްކްރީން ކުރެވޭނެގޮތް ހެދުމަކީ ސިއްހީ ތާރީޚުގައި އަނެއްކާވެސް ކުރިއަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި ޚާއްޞަކޮށް 40 އަހަރުން މަތީގެ އަންހެނުންނަށް ދެ އަހަރުން އެއް އަހަރު، މި ބައްޔަށް ސްކްރީން ކުރުމަށްވެސް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

Rate this post