
ލޯކަލް ކައުންސިލު އިންތިޚާބުގެ ޤާނޫނަށް ގެނައި އިސްލާހަށް މެމްބަރުންގެ އަޣުލަބިއްޔަތު..
ލޯކަލް ކައުންސިލު އިންތިޚާބުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރ ޢަލީ މުޙައްމަދު ހުށަހެޅުއްވި އިސްލާޙު ބައެއް ބަދަލާއެކު ފާސްކޮށްފިއެވެ.
ކައުންސިލް އިންތިޚާބަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ލުޔެއް ހޯދައިދިނުމަށް ކަމަށްބުނެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބިލުގައި މެންބަރުން ކަންބޮޑުވާ ކަންކަން ބިލުން އުނިކުރުމަށްފަހު، ކޮމިޓީ މަރުހަލާގައި ގެނައި އިސްލާހުތަކާއެކު މިބިލް ފާސްކޮށްފައިވަނީ 46 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލާއި އިދިކޮޅަށް 19 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.



