
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ މާދަމާ..
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ މާދަމާ އޮންނާނެކަމަށް އެ އިދާރާއިން ބުނެފިއެވެ.
ރިޔާސީ ބަޔާން އިއްވެވުމަށް މިއަދު ބޭއްވި ފުރަތަމަ ޖަލްސާ ނިންމާލަމުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙު މުޙައްމަދު ވިދާޅުވީ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ މާދަމާ އޮންނާނެ ކަމަށެވެ.
މަޢުލޫމާތު ލިޞޭ ގޮތުގައި އެންމެ ފުރަތަމަ އިސްލާހު ކުރާނެ ބިލުތަކުގެ ތެރޭގައި އެނަރޖީ ޑްރިންކާއި ސިނގިރޭޓުން ނަގާ ޓެކްސް ބޮޑު ކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި މި އަހަރު މުހިންމު ބިލުތަކެއްގެ މަސައްކަތް ކުރާނެ ކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.



