
މާމިގިލީގައި ލޮރީއެއްގެ ފަހަތުގައި ފިތި ބިދޭސީއަކު މަރުވެއްޖެ
މިދިޔަ ބުދަ ދުވަހު އދ. މާމިގިލީގައި ހިނގި މި ހާދިސާގައި ލޮރީއެއްގެ ފަހަތުގައި ފިތިގެން މަރުވީ 27 އަހަރުގެ އިންޑިއާ ރައްޔިތެކެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގީ، މާމިގިލީ ވިލާ ސައިޓުގައި އޮތް ހައިޑްރޯލިކް ލޮރީއެއްގެ ފަހަތު ބައި ތިރި ކުރުމުގެ ތެރޭގައި ބިދޭސީ މީހާ އޭގެ ދަށުވެ ފިތިގެން ކަމަށެވެ.
މަރުވި މީހާގެ ހަށިގަނޑު އާއިލާގެ އެދުމުގެ މަތިން ޤައުމަށް ފަނުވާލާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
އެ މައްސަލާގައި ލޮރީ ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށް، އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.



