ޚަބަރު ފީތާ

22 އޮފިސަރަކު ކަސްޓަމްސް އޮފިސަރުންގެ ހުވައި ކުރައްވައިފި

ކަސްޓަމްސްގެ ވަޒީފާއަށް އަލަށްގުޅުނު 22 އޮފިސަރަކު ކަސްޓަމްސް އޮފިސަރުންގެ ހުވައި ކޮށްފި!

ކަސްޓަމްސްގެ ވަޒީފާއަށް އަލަށް ގުޅުނު 22 އޮފިސަރަކު ކަސްޓަމްސް އޮފިސަރުންގެ ހުވައި ކޮށްފިއެވެ. މިދިޔަ ބުދަ ދުވަހު ކަސްޓަމްސްގެ ބިލްޑިންގްގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި އޮފިސަރުންނަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ސިވިލްކޯޓްގެ އިސްޤާޟީ އަލްއުސްތާޛް ޢަބްދުﷲ ޢަލީއެވެ.

އޮފިސަރުން ހުވައިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މުޙައްމަދުގެ އިތުރުން ކަސްޓަމްސްގެ ވެރިން ބައިވެރިވަޑައިގެންނެވިއެވެ. ހުވާލައިދެއްވުމަށްފަހު ހުވާގެ މުހިއްމުކަމާއި ހުވާގެ މަތީގައި ދެމިތިބުމުގެ މައްޗަށް އިސްޤާޟީ އަލްއުސްތާޛް ޢަބްދުﷲ ޢަލީ އޮފިސަރުންނަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

އަލަށް ކަސްޓަމްސް ވަޒީފާއާ ގުޅުނު މިއޮފިސަރުން ވަނީ 2016 ސެޕްޓެމްބަރ އިން ޑިސެމްބަރ މަހުގެ ނިޔަލަށް ކަސްޓަމްސް އެކަޑަމީގެ ފަރާތުން ހިންގި ކަސްޓަމްސް ސްޓަޑީޒް ކޯސް ފުރިހަމަކޮށްފައެވެ.

Rate this post