ސްޕެނިޝް ކަޕުން ރެއާލް މެޑްރިޑް ކަޓައިފި.

ސްޕެނިޝް ކަޕްގައި ރޭ ރެއާލް މެޑްރިޑާއި ސެލްޓަވީގޯ ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއިން އެއްވަރުވެ ރެއާލް މެޑްރިޑް މުބާރާތުން ކަޓައިފިއެވެ.

ސްޕެނިޝް ކަޕްގައި ރޭ ސެލްޓަވީގޯ އާ ދެކޮޅަށް ކުޅެ 2-2 ގެ ނަތީޖާއިން އެއްވަރުވެ ރެއާލް ކެޓީ 3-4 ގެ އެގްރިގޭޓް ނަތީޖާއިން ސެލްޓަވީގޯއަށް ކުރިލިބުމުންނެވެ.

އިޝްތިހާރު Below Header ad

image

ސެލްޓަވީގޯ ގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު 2-2 ގެ ނަތީޖާއިން އެއްވަރުވި އިރު ރެއާލްގެ އަމިއްލަ ދަނޑުގައި މި ދެޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗުން 1-2 ގެ ނަތީޖާއިން ރެއާލް ވަނީ ބަލިވެފައެވެ.

ރޭގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ.

އެގޮތުން މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-1 ގެ ނަތީޖާއިން ސެލްޓަވީގޯ ކުރީގައި އޮވެގެންނެވެ. ސެލްޓަވީގޯގެ މި ގޯލަކީ މެޗުގެ ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ރެއާލް މެޑްރިޑްގެ ޑެނީލޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މެޗުގެ ފުރަތަމަ ހާފް ސެލްޓަވީގޯ ލީޑުގައި އޮވެ ނިންމާލިނަމަވެސް ފަހުހާފުގެ 62 ވަނަ މިނެޓުގައި ރެއާލްއިން ވަނީ ގޯލެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

image 1

ސެލްޓަވީގޯއިން ދެވަނަ ފަހަރަށް މެޗުގެ ލީޑުނެގީ 85 ވަނަ މިނެޓުގައި ޑެނިއެލް ވާސް ކާމިޔާބުކޮށްދިން ހިއްގައިމު ގޯލުންނެވެ.

މި މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ރެއާލް އިން ހަމަހަމަކުރީ މެޗުގެ އެންމެ ފަހު މިނެޓުގައި ލުކަސް ވަޒްކޭޒް ކާމިޔާބުކޮށްދިން ގޯލުންނެވެ. މެޗު ނިމިގެން ދިޔައީ އެއްވަރުވެ އޮވެއެވެ.

މި ނަތީޖާއާ އެކު ރެއާލް ސްޕެނިޝް ކަޕުން އަލްވަދާއު ކިޔަން ޖެހުނުއިރު އެޓީމު އެންމެ ފަހުން ސްޕެނިޝް ކަޕެއް ކާމިޔާބުކޮށްފައިވަނީ 2014 ވަނަ އަހަރުގައެވެ. 2014 ވަނަ އަހަރު މި މުބާރާތުގެ ޓްރޮފީ ރެއާލްއިން ހޯދީ ބާސެލޯނާ 1-2 ގެ ނަތީޖާއިން ބަލިކޮށެވެ.

ރެއާލް މެޑްރިޑް މިހާތަނަށް ސްޕެނިޝް ކަޕް 19 ފަހަރެއްގެ މަތިން ވަނީ ކާމިޔާބުކޮށްދައެވެ.

1903 ވަނަ އަހަރު ތައާރަފުވި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ބާސެލޯނާއެވެ. ބާސެލޯނާ ވަނީ މި މުބާރާތް 28 ފަހަރެއްގެ މަތިން ކާމިޔާބުކޮށް މި މުބާރާތުގެ ރެކޯޑްވެސް ހަދާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.