ޚަބަރު ފީތާ

ޑިޖިޓަލް ޚިދުމަތްތަކުގެ ފައިދާތަކާއި ގުޅުވާލަދިނުމަށްޓަކައި އުރީދޫއަށް ކުރެވެން އޮތް ހުރިހާ ކަމެއް އަންނަނީ ކުރަމުން: ޙުސައިން

އުރީދޫ މޯލްޑިވްސްގެ އުރީދޫގެ ހެޑް އޮފް ސޭލްސް، ހުސައިން ނިޔާޒް

ޑިޖިޓަލް ޚިދުމަތްތަކުގެ ފައިދާތަކާއި ގުޅުވާލަދިނުމަށްޓަކައި އުރީދޫއަށް ކުރެވެން އޮތް ހުރިހާ ކަމެއް އަންނަނީ ކުރަމުން ކަމަށް އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު ވިދާޅުވެއްޖެއެވެ.

މުޅި ރާއްޖެއަށް އުރީދޫގެ 4G+ ނެޓްވަރކް ފުޅާކުރުމުގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލުމުގެ އުފާ އެ ކުންފުނިން ފާހަގަ ކުރަމުން އަންނަ މި ދަނޑިވަޅުގައި އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފެންވަރު ރަގަޅު މޮބައިލް ކަނެކްޓިވިޓީ ފޯރުކޮށްދިނުމާއި އެކު، ޑިޖިޓަލް ޚިދުމަތްތަކުގެ ފައިދާތަކާއި ގުޅުވާލަދިނުމަށްޓަކައި އުރީދޫއަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށެވެ.

މިގޮތުން، އިންޓަރނެޓްގެ ޚިދުމަތް ބޭނުންކޮށްފައި ނުވާ ބޭފުޅުންނާއި އިންޓަރނެޓް ގެ ޚިދުމަތް ލިބޭ ސްމާޓްފޯނު ނެތް ބޭފުޅުންނަށް ޚާއްޞަ ޕޭމަންޓް ޕްލޭންތަކާއި އެކު 4Gގެ ޚިދުމަތް ލިބޭ ފޯނު ތަޢާރަފްކޮށް އިންޓަރނެޓް ބޭނުންކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ދިވެހިރާއްޖޭގައި އުރީދޫގެ ނެޓްވަރކް އަށް ލިބިފައިވާ ކުރިއެރުމާއެކު، އޮންލައިން އެޑިއުކޭޝަން އަދި އީ-ހެލްތް ފަދަ ފައިދާހުރި ސްމާޓް ޚިދުމަތްތައް ބޭނުންކުރުމުގައި ދިވެހިންނަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

 

Rate this post