މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރެވުނު ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާ މިރޭ ބާއްވާ ގޮތަަށް ހަމަޖެހިއްޖެއެވެ.
މިރޭ ޖުމްހޫރިީ މައިދާނުގައި އޮންނަ މި ޚާއްޞަ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނނީ 20:00 ގައެވެ.
މިރޭގެ ޖަލްސާގައި ނިމިދިޔަ ޤުރްއާން ކިޔެވުމުގެ ޤަޥްމީ މުބާރާތުން ވަނަވަނަ އަށް ހޮވުނު ފަރާތްތަކަށް އިނާމް ދިނުންވެސް ހަމަޖެހިފައިވެއެވެ.
މިރޭގޭ ޖަލްސާ ޝަރަފްވެރި ކޮށްދެއްވާނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އޮނަރަބަލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްއެވެ.