ނިއުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު ހަމަޖައްސައިފި.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަންގެ މަގާމަށް ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދް ހަމަޖައްސައިފިއެވެ.

ނިއުގެ ޗެއާމަންކަމުގެ މަގާމަށް ކާނަލް ޒިޔާދު ހަމަޖައްސާފައިވަނީ މިދިޔަ އަހަރު އިންތިހާބުވި ނިއުގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުން އިސްތިއުފާ ދީފައިވާތީ މިރޭ ބޭއްވި ކްލަބުގެ ކޮންގްރެސްގައެވެ.

އިޝްތިހާރު Below Header ad

ކާނަލް ޒިޔާދުގެ އިތުރުން ބޯޑަށް އިތުރު އަށް މެމްބަރުން އިންތިހާބުކޮށްފައިވެއެވެ. މީގެން ކޮންމެ މަގާމަކަށް ވެސް ކުރިމަތިލައްވާފައިވަނީ އެންމެ ފަރާތަކުންނެވެ. އެހެން ކަމުން މި ހުރިހާ މަގާމަކަށްވެސް ކުރިމަތިލެއްވި ފަރާތްތަށް ހަމަޖައްސާފައިވަނީ ވޯޓަކާ ނުލާ އެވެ.

މިރޭ ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓުގައި ބޭއްވި ކްލަބުގެ ކޮންގްރެސްގައި ކާނަލް ޒިޔާދުގެ އިތުރުން ނިއުގެ ބޯޑަށް ދެން ހޮވުނީ އެ ކްލަބުގެ ކުރީގެ ގޯލްކީޕަރު އަދި ފުޓްބޯޅަ ޓީމާއި ވޮލީބޯޅަ ޓީމުގެ މެނޭޖަރުކަން ކުރެއްވި ސައްޔިދު އަލީ އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފާއި މޯލްޑިވްސް ޕޮލިސް ސާވިސްގައި ކުރިން މަސައްކަތްކުރެއްވި އަހުމަދު ޝިޔާާމާއި އަބްދުލް މުއިއްޒު މުސްތަފާ އާއި ހަސަން ހުސެއިނާއި ހުސެއިން ޝާމް އާދަމާއި އިސްމާއިލް ރަޝީދު (ހުންގާނު) އަދި ސްރީ ލަންކާގެ ނަލިން ޗަމިންދަ އުދަގެ ކަންކަން އެވެ.

ނިއުގެ ބޯޑަށް މިރޭ އެ ފަރާތްތަށް ހަމަޖެއްސުމުގެ ކުރިންވެސް އެފަރާތްތަކުން ވަނީ ނުރަސްމީކޮށް މަސައްކަތް ފަށައިފަ އެވެ. އެގޮތުން ޓީމު ވަރުގަދަކުރުމަށް ޓަކައި ތަޖުރިބާކާރު ބައެއް ކުޅުންތެރިން ވަނީ އެޓީމަށް ގެނެސްފައެވެ.

އެގޮތުން ނިއުއަށް ސޮއިކުރި ކުޅުންތެރިންގެ ތެރޭގައި ގޯލްކީޕަރު އިމްރާން މުހައްމަދާއި އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އަދި އަކްރަމް އަބްދުލްގަނީ ހިމެނެއެވެ.

ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓުގައި މިރޭ ބޭއްވި ކްލަބުގެ ކޮންގްރެސްގައި ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ އެންމެ ފުރަތަމަ ކުރި މަސައްކަތަކީ ސްކޮޑް އޯވާހޯލްކުރުން ކަމަށާއި އެގޮތުން މުހިއްމު ކުޅުންތެރިންގެ ކުލަބަށް ގެނެސް ކުރިން ކުލަބުގައި ތިބި ބައެއް ކުޅުންތެރިން ދޫކޮށްލާފައިވާ ކަމަށެވެ.

މީގެ އިތުރުން ޒިޔާދު ވިދާޅުވީ އަދި އިތުރު ކުޅުންތެރިންވެސް ކުލަބަށް ގެންނަން ބޭނުންކަމަށާއި އެގޮތުން މިވަގުތު ކުރަމުން މިގެންދަނީ ވަރަށް ޚާއްޞަ މަސައްކަތެއްކަމަށެވެ. އެ މަސައްކަތަކީ ވަރަށް ހާއްސަ ކުޅުންތެރިޔަކު އެ ކްލަބަށް ގެނައުން ކަމަށެވެ. ބެލެވޭގޮތުގައި މިމަހުގެ 17 ނޫނީ 18 ވަނަ ދުވަހު އެ ކުޅުންތެރިއަކު ކުލަބާއި ގުޅޭނެއެވެ.

އެހެން ނަމަވެސް އޭނާ ވަނި ކުޅުންތެރިއެއްގެ ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ބެލެވޭ ގޮތުގައި އެއީ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

ދަނަގަޑޭ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާ އަންނަ ފުޓްބޯޅަ ސީޒަނުގައި ކުޅޭނެ ވަކިކުލަބެއް އަދި ނުނިންމ،ާކަމަށް ވަނީބުނެފައެވެ.

މީގެ އިތުރުން ޒިޔާދުގެ ވާހަކަފުޅުގައި އޭނާ ވަނީ ނިއުގެ އަންހެން ފުޓްބޯޅަ ޓީމާއި ޔޫތު ޑިވެލޮޕްމަންޓް ވެސް ވަރުގަދަކޮށް މުޅި ރާއްޖެ އަށް ފުޅާކޮށް ކުޅުންތެރިންނާއި އޮފިޝަލުންގެ ޓެކްނިކަލް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްކުރައްވާނެ ކަމުގެ ޔަގީން ވެސް ދެއްވާފައެވެ.

މީގެ ކުރިން ނިއުގެ ހިންގެވުމާއި ހަވާލުވެފައިވަނީ ނިއުގެ ބާނީ ކުއީން އަހުމަދު ވަހީދާއި ވިޔަފާރިވެރިޔާ މުހައްމަދު ވަހީދުއްދީން އަދި ކާމިނީޕޫލް ހަސަން މަނިކުގެ އިތުރުން އަލީ އާޒިމާއި އަލީ ވަހީދުގެ އިތުރުން ޔާމީން އާދަމެވެ.

އެންމެ ފަހުން ނިއުގެ ޗެއާމަންކަން ކުރެއްވީ ޔާމީން އާދަމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.