ފައިނަލުގެ ފަހުޖާގަ ޔޫތް ޔުނައިޓެޑަށް..

ތުއްތޮންބެ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހުޖާގަ ޔޫތް ޔުނައިޓެޑުން ހޯދައިފިއެވެ.
އެޓީމުން ފައިނަލުގެ ފަހުޖާގަ ހޯދީ މިއަދު ހަވީރު ކުޅުނު ސެމީފައިނަކުގެ ދެވަނަ މެޗުގައި ޗެލެންޖަރސް އާއި ބައްދަލުކޮށް ފުރިހަމަ ވަގުތުގެ ކުޅުމުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީޝޫޓް އައުޓުގައި 6-5 ލަނޑުން ކުރި ހޯދައިގެންނެވެ.
ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ދެޓީމުންވެސް ދެއްކި މި މެޗުގައި ލަނޑުޖެހުމަށް އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ ޗެލެންޖަރސްގެ ޖާރޒީ ނަމްބަރ 17 އަށެވެ.
ފަހުހާފުގައި ލިބުނު މި ފުރުޞަތުގައި ގޯލްކީޕަރުގެ ކައިރިން ނައްޓާލާފައި ޖައްސާލި ބޯޅަ ޖެހުނީ ގޯލުގެ ބޭރުން އަރިމަތީ ދާގަނޑުގައެވެ.
މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި ޖެނުއަރީ މަހުގެ 6 ވާ ހުކުރު ދުވަހުގެ ހަވީރު 15:50 ގައެވެ. މި މެޗުގައި ބައްދަލުކުރާނީ އެޗްޕީއެސްއެން އާއި ޔޫތް ޔުނައިޓެޑެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.