ޚަބަރު ފީތާ

ހުޅުމާލެ ޕޮލިސްގައި ފޮރެންސިކް ޚިދުމަތް ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ހުޅުމާލެ ޕޮލިސްގައި ދެމުންދާ ފޮރެންސިކްގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާކޮށް ފުޅާކުރުމާއި ގުޅޭގޮތުން ހުޅުމާލެ ޕޮލިސްގެ އިސްވެރިންނާއި ފޮރެންސިކް ޑައިރެކްޓަރޭޓް އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އިއްޔެ ހެނދުނު އެޗް.ޑީ.ސީ މީޓިންގ ރޫމްގައި ބޭއްވި މިބައްދަލުވުމުގައި  ހުޅުމާލެ ޕޮލިސްގައި ދެމުންދާ ފޮރެންސިކް ޚިދުމަތް މިހާރަށްވުރެ ހަރުދަނާކުރުމަށް ކުރެންހުރި ކަމާއި ގުޅޭގޮތުންނާއި ހުޅުމާލެ ޕޮލިސްގައި އެސިސްޓެންޓް ސޯކޯ އޮފިސަރުން އުފެއްދުމާއި ބޭނުންވާ ވަސީލަތްތައް ހޯދުމާއި މިއަހަރުތެރޭގައި ހުޅުމާލޭގައި ފޮރެންސިކްގެ ޚިދުމަތް ފުޅާކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ފޮރެންސިކް ޑައިރެކްޓަރޭޓްގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިންޓެންޑެންޑް އޮފް ޕޮލިސް އަބްދުﷲ އަހުމަދު އާއި ހުޅުމާލެ ޕޮލިސްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީމް ވަހީދު އާއި ކްރައިމް ސީން އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑް މުސްތާގު މުހައްމަދު އާއި  ހުޅުމާލެ ޕޮލިސްގެ ޑެޕިއުޓީ ހެޑް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ މުސްތަފާގެ އިތުރުން ހުޅުމާލެ އިންވެސްޓިގޭޝަންގެ އިސްވެރިންނާއި ހުޅުމާލެ ފޮރެންސިކް ޑިޕާޓްމަންޓްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

Rate this post