ތުއްތޮންބެ ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހުމެޗު އެޗްޕީއެސްއެން އާއި ޔޫތް ޔުނައިޓެޑް ބައްދަލުކުރި މެޗު ޔޫތް ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.
ގުރައިދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބުކުރީ 5-0 ލަނޑުންނެވެ.
މިއަދުގެ މެޗަށް މިދެޓީމު ނުކުތް އިރުވެސް ސެމީގެ ޖާގަ ކަށަވަރުކޮށްފައިވާތީ މިމެޗުގައި ދެޓީމުންވެސް ކުޅުނީ ވަރަށް އާދައިގެ ކުޅުމެކެވެ. މި މެޗުގައި ޔޫތް ޔުނައިޓެޑުން ވަނީ ފުރަތަމަ ހާފުގައި ދެލަނޑުޖަހާ ލީޑުނަގާފައެވެ. އަނެއް ތިންލަނޑު ޖަހާފައިވަނީ ފަހުހާފުގައެވެ.
މި މުބާރާތުގެ ސެމީފައިނަލުގެ މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ މިމަހުގެ 3 އަދި 4 ވަނަ ދުވަހުއެވެ.
ގްރޫޕް ސްޓޭޖުގެ ފަހުމެޗު ޔޫތް ޔުނައިޓެޑަށް..
