ކ. ގުރައިދޫގައި މިހާރު ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗު ޗެލެންޖަރސް އެފްސީން ކާމިޔާބުކޮށްފިއެވެ.
މިމެޗު އެޓީމުން ކާމިޔާބުކުރީ ނިއު އެލާރޓްސް އެފްސީ އާވާދަކޮށް 3-0 ލަނޑުންނެވެ.
މިއަދުގެ މެޗަށް ނުކުތް އިރުވެސް ޗެލެންޖަރސް ވަނީ ސެމީއަށް ގޮސްފައެވެ. އަދި ނިއު އެލާރޓްސް ވަނީ މުބާރާތުން ކަޓާފައެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ އެޗްޕީއެސްއެން އާއި ޔޫތް ޔުނައިޓެޑެވެ. މިދެޓީމަކީވެސް ސެމީފައިނަލުން ޖާގަ ހޯދާފައިވާ ދެޓީމެވެ.
ސެމީފައިނަލަށް ގޮސްފައިވަނީ އޯލް އެޓޭކް، އެޗްޕީއެސްއެން، ޔޫތް ޔުނައިޓެޑް އަދި ޗެލެންޖަރސްއެވެ. ސެމީފައިނަލުގެ މެޗުތައް އަންނަ ޖެނުއަރީ 2 އަދި 3 ގައި ކުޅުމަށް ތާވަލުކޮށްފައިވާ އިރު، ސެމީފައިނަލުގައި ޓީމުތައް ވާދަކުރާނެގޮތް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
ޗެލެންޖަރސް އިން ނިއު އެލާރޓުގެ މައްޗަށް ކުރިހޯދައިފި
