ހަވާނަފްސާއި ހީއަށް ތަބާވުމުން ޢަގީދާ އަށް ލިބޭ ގެއްލުން

ޑރ. މުޙައްމަދި ޢިޔާޟު ޢަބްދުއްލަޠީފު

ސޫރަތުލް އަޢްރާފްގެ 176 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَـٰكِنَّهُ أَخْلَدَ إِلَى الْأَرْ‌ضِ وَاتَّبَعَ هَوَاهُ) މާނައަކީ: ”އެހެނެއްކަމަކު، އޭނާ ބިމަށް ލެނބިގަތެވެ. އަދި އޭނާގެ އަމިއްލަ އެދުމަށް تبع ވިއެވެ.“

 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހަވާނަފްސަށް ތަބަޢަވުން މަނާ ކުރައްވާފައިވާ ސަބަބުތަކަކީ:

  1. ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަންހަޖަކީ ޙައްގުގެ މަތީގައި ގާއިމްވެފައިވާ މަންހަޖެކެވެ. ގިނަފަހަރަށް ޙައްގަކީ ހަވާނަފްސާއި ދެކޮޅެވެ. ގިނަފަހަރަށް ޙައްގު ނޫން ތަކެތި ހޯދުމަށް ނަފްސު އެދެއެވެ.
  2. ހަވާނަފްސާއި ދެކޮޅަށް ތެދުވުމަކީ ސުވަރުގެ ލިބޭނެ ކަމެއްކަމަށްވުން. ސޫރަތުއް ނާޒިޢާތުގެ 40 އަދި 41 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.(وَأَمَّا مَنْ خَافَ مَقَامَ رَ‌بِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ ﴿٤٠﴾ فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ ﴿٤١﴾) މާނައަކީ: ”އަދި އެމީހާގެ ވެރިރަސްކަލާނގެ حضرة ގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ نفس އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ.“
  3. ހަވާނަފްސަށް ހެއްލިގެން ދިޔުމަކީ ނަރަކައަށް ވެއްޓިގެން ހިނގައިދާނެ ކަމެކެވެ. ސޫރަތުއް ނާޒިޢާތުގެ 37 އިން 39 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَأَمَّا مَن طَغَىٰ ﴿٣٧﴾ وَآثَرَ‌ الْحَيَاةَ الدُّنْيَا ﴿٣٨﴾ فَإِنَّ الْجَحِيمَ هِيَ الْمَأْوَىٰ ﴿٣٩﴾) މާނައަކީ: ”އަދި ދެކޭމީހަކަށް ނަރަކަ ފާޅުކުރައްވާނެތެވެ. ފަހެ، ފުރެދުމުގައި ހައްދުފަހަނަޅައި، އަދި ދުނިޔޭގެ ދިރިއުޅުމަށް އިސްކަންދިން މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ނަރަކަޔެވެ.“
  4. ސުވަރުގެ ދިޔުމުގެ މަގަކީ ތަކްލީފުތަކާއި އުނދަގޫތަކުން ފުރިގެންވާ މަގެކެވެ. މުންކަރާތްތަކުންނާއި ފާޙިޝް ޢަމަލުތަކުންނާއި، ޝަހުވާނީ އެދުންތަކުން ވަށާލެވިފައިވާ މަގެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (حفت الجنة بالمكاره، وحفت النار بالشهوات) މާނައަކީ: ”ސުވަރުގެ ވަށާލެވިފައިވަނީ ކުރުމަށް ހިތްނޭދޭ ކަންތައް ތަކުންނެވެ. އަދި ނަރަކަ ވަށާލެވިފައިވަނީ ޝަހްވަތްތަކުންނެވެ.“
  5. ނަފްސު އަބަދުވެސް ގޮވަމުން ގެންދާނީ ނުބައިކަންތަކަށެވެ. ނަމަވެސް އެފަދަ ކަންތައްތަކުގެ މައްޗަށް ގަދަވެގަންނަން ޖެހެއެވެ. ސޫރަތު ޔޫސުފްގެ 53 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَا أُبَرِّ‌ئُ نَفْسِيۚ إِنَّ النَّفْسَ لَأَمَّارَ‌ةٌ بِالسُّوءِ إِلَّا مَا رَ‌حِمَ رَ‌بِّي ۚ إِنَّ رَ‌بِّي غَفُورٌ‌ رَّ‌حِيمٌ) މާނައަކީ: “ އަދި ތިމަންކަލޭގެފާނުގެ نفس ވެސް (ތުހުމަތުން) ބަރީއައެއް ނުކުރައްވަމެވެ. ހަމަކަށަވަރުން، نفس އަކީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ލައްވައިފިނަމަ، މެނުވީ، ނުބައިކަންތަކަށް އަބަދުވެސް އަމުރުކުރާ އެއްޗެއްކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.“
  6. މިކަމުން ސަލާމަތްވުމަށްޓަކައި ގިނަގިނައިން އާޚިރަތް ދުވަސް ހަނދާން ކުރަން ޖެހެއެވެ.
  7. ހަވާ ނަފްސަކީ ﷲ އަށް ކިޔަމަންތެރި ވުމުގައި އޮތް ހުރަހެކެވެ. ސޫރަތު ޞާދުގެ 26 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَا تَتَّبِعِ الْهَوَىٰ فَيُضِلَّكَ عَن سَبِيلِ اللَّـهِ) މާނައަކީ: “ އަދި އަމިއްލައެދުމަށް ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު اللَّه ގެ މަގުން އެއްކިބާކޮށްފާނެތެވެ.“
  8. ހަވާނަފްސަށް ތަބަޢަވުމަކީ ހެޔޮކަންތައް ފިލުވާލާ ކަމެކެވެ. އަދި ހުރިހާ ޢަމަލުތައް ފޮހެލާ ކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.