އުއްމަތާއި ޒުވާނުން ޙަޤީޤީ މަޤްޞަދަށް ވާޞިލު ކުރުވުން.
މުސްލިމުން މި ދުނިޔެމަތީގައި ހޭދަކުރާއިރު، މުޅި މީސްތަކުން އަދި ޚާއްޞަކޮށް މުސްލިމުން، ހެއްދެވިގެންވާ މަޤްޞަދުގެ މަތިން ހަނދާން ނަންތާލައިގެން ނުވާނެއެވެ. އެހެނީ އެއީ މާތްﷲ އަށް އަޅުކަންކުރުމުން އެއިލާހުގެ ރުހިވޮޑިގަތުން ހޯދުމެވެ. މިގޮތުން އިންސާނާ ކުރާ ހުރިހާ ޢަމަލެއް ވާން ޖެހޭނީ އެކަލާނގެ ރުހިވޮޑިގަތުން ލިބުމުގައެވެ. އިންސާނުން ހެއްދެވިގެންވަނީ ކޮން މަޤްޞަދެއްގައިކަން ބަޔާން ކުރައްވާ މާތްﷲ ވަޙީ ކުރައްވަނީ: ﴿وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴾[1] މާނަ: ”ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.“ އަދި މި މަޤްޞަދު ޙާޞިލްކުރާ މީހުންނަށް ހުރި ޖަޒާގެ ވާހަކަ ބަޔާންކުރައްވާ އެކަލާނގެ ވަޙީކުރައްވަނީ: ﴿إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَـٰئِكَ هُمْ خَيْرُ الْبَرِيَّةِ ﴿٧﴾جَزَاؤُهُمْ عِندَ رَبِّهِمْ جَنَّاتُ عَدْنٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ ۚ ذَٰلِكَ لِمَنْ خَشِيَ رَبَّهُ﴿٨﴾[2] މާނަ: ”ހަމަކަށަވަރުން، إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) އެއުރެންނީ، މީސްތަކުންކުރެ ހަމަ އެންމެ ހެޔޮމީހުންނެވެ. އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި، އެއުރެންގެ ޖަޒާއަކީ، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ عدن އެވެ ކިއުނު ސުވަރުގެތަކެވެ. އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވިގޮތުގައެވެ. اللَّه އެއުރެންނަށް ރުހިވޮޑިގެންވެތެވެ. އަދި އެއުރެން އެކަލާނގެ (ދެއްވި نعمة) އަށް ރުހިގެންވެތެވެ. އެ نعمة ލިބޭހުށީ، އެމީހާގެ ވެރިރަސްކަލާނގެއަށް ބިރުވެތިވި މީހަކަށެވެ.“
މާތްﷲ އަށް އަޅުކަން ކުރުމުގެ މައިގަނޑު މަޤްޞަދު އެންމެ ފުރިހަމައަށް ޙާޞިލް ކުރުމުގެ ގޮތުން އިސްލާމީ ޝަރީޢަތުގައި ވަނީ ފަސް ކަމެއް ރައްކާތެރި ކުރުމަށް ކަނޑައަޅުއްވާފައެވެ. އެހެނީ މި ފަސްކަންތައްތަކަކީ މުޅި މުޖުތަމަޢުގެ ހަމަޖެހުމާއެކު މާތްﷲ އަށް ފުރިހަމައަށް އަޅުކަން ކުރުމަށް ކޮންމެހެން ރައްކާތެރިކުރަން ޖެހޭ ފަސް ކަންތަކެވެ. އެއީ ދީން ރައްކާތެރި ކުރުމާއި، ނަފްސު ރައްކާތެރި ކުރުމާއި، ބުއްދި ރައްކާތެރި ކުރުމާއި، މުދާ ރައްކާތެރި ކުރުމާއި އަދި އަބުރު ރައްކާތެރި ކުރުމެވެ.
މި ޟަރޫރީ ފަސްކަންތައް ހިމާޔަތް ކުރުމަށް އިސްލާމްދީން ބާރު އަޅުއްވާފައިވާ މިންވަރު އަންނަނިވި ނުޞޫޞްތަކުން ސާބިތުވެއެވެ. މާތްﷲ ވަޙީ ކުރައްވަނީ: ﴿ قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا ۖ وَلَا تَقْتُلُوا أَوْلَادَكُم مِّنْ إِمْلَاقٍ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ وَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ۖ وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّـهُ إِلَّا بِالْحَقِّ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَعْقِلُونَ ﴿١٥١﴾ وَلَا تَقْرَبُوا مَالَ الْيَتِيمِ إِلَّا بِالَّتِي هِيَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُ ۖوَأَوْفُوا الْكَيْلَ وَالْمِيزَانَ بِالْقِسْطِ ۖ لَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖوَإِذَا قُلْتُمْ فَاعْدِلُوا وَلَوْ كَانَ ذَا قُرْبَىٰ ۖ وَبِعَهْدِ اللَّـهِ أَوْفُوا ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَذَكَّرُونَ ﴿١٥٢﴾ وَأَنَّ هَـٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ۚذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ ﴿١٥٣﴾[3] މާނަ: ”ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حرام ކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން، އެކަލާނގެއަށް އެއްވެސް އެއްޗެއް شريك ނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އަދި فقير ކަމުގެ ސަބަބުން ތިޔަބައިމީހުން ދަރިން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި، އެ ދަރިންނަށް رزق ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. އަދި فاحش ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި اللَّه حرمة ތެރި ކުރައްވާފައިވާ نفس އެއް، حق އަކާ ނުލައި ނުމަރާށެވެ! އެކަންތައްތަކާމެދު، އެކަލާނގެ ތިޔަބައިމީހުންނަށް وصية ކުރެއްވީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ. ރަނގަޅުގޮތުން މެނުވީ، ތިޔަބައިމީހުން ޔަތީމުންގެ މުދަލާ ގާތްނުވާށެވެ! އެކުދިން ބޮޑުވެ تصرف ފުދިއްޖައުމަށް ދާނދެނެވެ. އަދި ތިޔަބައިމީހުން، މިނުމާއި، ކިރުން إنصاف ވެރި ގޮތުން ފުރިހަމަ ކުރާށެވެ! ތިމަންރަސްކަލާނގެ އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަ ވެގެންވާ މިންވަރަށް މެނުވީ، تكليف އެއް ނުޖައްސަވަމެވެ. އަދި ތިޔަބައިމީހުން ބަސްބުނާނަމަ، ގާތްތިމާގެ މީހަކާ މެދުގައި ނަމަވެސް، عدل އަށް (ތެދަށް) ބުނާށެވެ! އަދި اللَّه ގެ عهد ތައް ތިޔަބައިމީހުން ފުއްދާށެވެ! އެކަންތައްތަކަށް، ތިޔަބައިމީހުންނަށް وصية ކުރެއްވީ ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ. އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން تبع ވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން تبع ނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ. މިކަންތައްތަކަށް، ތިޔަބައިމީހުންނަށް އެކަލާނގެ وصية ކުރެއްވީ، ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ.“
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ.( اجْتَنِبُوا السَّبْعَ الْمُوبِقَاتِ ، قِيلَ يَا رَسُولَ اللَّهِ وَمَا هُنَّ ؟ قَالَ الشِّرْكُ بِاَللَّهِ ، وَالسِّحْرُ ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إلَّا بِالْحَقِّ ، وَأَكْلُ مَالِ الْيَتِيمِ ، وَأَكْلُ الرِّبَا ، وَالتَّوَلِّي يَوْمَ الزَّحْفِ ، وَقَذْفُ الْمُحْصَنَاتِ الْغَافِلَاتِ الْمُؤْمِنَاتِ)[4] މާނަ: ”ބޮޑުވެގެންވާ ހަތް ފާފައިން ތިޔަބައިމީހުން ސަލާމަތްވާށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވުނެވެ. އެކަންކަމަކީ ކޮބައިހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. މާތްﷲ އަށް ޝަރީކުކުރުމާއި، ސިހުރު ހެދުމާއި، މާތްﷲ ޙަރާމް ކުރައްވާފއިވާ ނަފްސެއް ޙައްޤަކާ ނުލާ މެރުމާއި، (ބާޠިލު ގޮތުގައި) ޔަތީމުންގެ މުދާ ކެއުމާއި، ރިބާ ކެއުމާއި، ހަނގުރާމައިގެ މައިދާނުން ފިލަން ދުވުމާއި، ރައްކާތެރިވެގެން ތިބޭ ޢިއްފަތްތެރި މުއުމިނު އަންހެންކަނބަލުންނަށް ޤަޛްފު ކުރުމެވެ.“
ޝިރުކު ކުރުމާއި ސިހުރު ހެދުމާއި އަދި ހަނގުރާމައިގެ މައިދާނުން ފިލަން ދުވުން ޙަރާމް ކުރެއްވުން ދަލީލު ކޮށްދެނީ ދީން ރައްކާތެރި ކުރުމަކީ ވާޖިބެއް ކަމެވެ. ޔަތީމުންގެ މުދަލާއި ރިބާ ކެއުން ނަހީ ކުރެއްވުމުން ދަލާލަތު ކޮށްދެނީ މުދާ ރައްކަތެރި ކުރުމަކީ ވާޖިބެއް ކަމެވެ. ރައްކާތެރިވެގެން ތިބޭ ޢިއްފަތްތެރި މުއުމިނު އަންހެންކަނބަލުންނަށް ޤަޛްފުކުރުން ނަހީކުރެއްވުމުން ދަލީލު ކޮށްދެނީ މީސްތަކުންގެ އަބުރާ ނަސްލު ރައްކާތެރި ކުރުމަކީ ވާޖިބެއް ކަމެވެ. އަދި އިސްވެދިޔަ ކަންތައްތައް ރައްކާތެރި ކުރުމަށްޓަކައި ތިމާގެ ބުއްދި ރައްކާތެރި ކުރުމަކީ ވާޖިބެކެވެ. މިހެން ކަމުން ރަލާ މަސްތުވާ އެންމެހައި ތަކެތި ވަނީ ޙަރާމް ކުރައްވާފައެވެ.[5]
އިސްވެ ދެންނެވުނު ފަސް ކަމަކީ ސަމާވީ ހުރިހާ ރިސާލަތެއްގައިވެސް އެކަންތައްތައް ރައްކާތެރި ކުރުމަށް އައިސްފައިވާ ކަންތައްތަކެވެ.[6] މިހެންކަމުން ވެރިންނާއި މައިންބަފައިންނާއި ޢިލްމުވެރިންނާއި އަދި މިނޫން އެހެން ފަރާތްތަކުންވެސް މަސައްކަތް ކުރަންވަނީ މުޖުތަމަޢުގައި މި ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް ޓަކައެވެ. ޒުވާނުންގެ ހިތްތަކުގައި މިކަން ޙާޞިލުކުރުމުގެ ޝައުގުވެރިކަން އުފެއްދެތޯއެވެ. މިއަށްފަހު އިސްވެދިޔަ ފަސްކަންތަކަށް ކުޑަގޮތަކަށް އަލިއަޅުވާލާނަމެވެ.
- ދީން ރައްކާތެރިކުރުން
މިތާގައި ދީނޭ ބުނެވިފައި އެވަނީ އިސްލާމް ދީނުގެ ވާހަކަ އެވެ. އެއީ، މުޙައްމަދު صىل الله عليه وسلم ގެ މައްޗަށް رب العالمين عالم ތަކުގެ ވެރި އިލާހުގެ ޙަޟްރަތުން ބާވައިލެވުނު ޙައްޤު ދީނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿ إِنَّ الدِّينَ عِندَ اللَّـهِ الْإِسْلَامُ ۗ١٩﴾[7] މާނައީ: “ ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައި ދީނެއްކަމުގައި ބެލެވޭނެ ދީނަކީ ހަމައެކަނި އިސްލާމް ދީނެވެ“. އަދިވެސް އެކަލާންގެ ވަޙީކުރައްވައެވެ. ﴿وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ﴿٨٥﴾[8]
ދީން ޙިމާޔަތްކުރެވޭ މުހިއްމު ވަސީލަތްތަކުގެތެރޭގައި ދީނާއި އެއްގޮތަށް ޢަމަލުތައް ބަހެއްޓުން، ނުވަތަ ދީނުގެ ޙުކުމްތަކަށް ތަބާވުން، ދީނަށްޓަކައި ޖިހާދަކުރުން، ދީނަށް ގޮވައިލުން، ދީނުގެ ޙުކުމްތާއި އެއްގޮތަށް ޙުކުމްކުރުން އަދި ދީނާއި ޚިލާފު އެންމެހައި ކަންތައްތަކުން ދީން ދިފާޢުކުރުންކުން ހިމެނެއެވެ.[9]
2 – ނަފްސު ހިމާޔާތް ކުރުން.….
ނުނިމޭ………………
[1] سورة الذاريات 56
[2] سورة البينة 7- 8
[3] سورة الأنعام 151 – 153
[4] صحيح مسلم / كتاب الإيمان / باب بيان الكبائر وأكبرها 129/89
[5] راجع الموافقات للشاطبي 2/8
[6] مصد السابق 1/38, النفائس 4/1078
[7] سورة آل عمران 19
[8] سورة آل عمران 85
[9] مقاصد الشريعة الإسلامية وعلاقتها بالأدلة الشرعية 195