ޕަވަރމިކްސް ޕްރޮމޯޝަންގެ ނަޞީބުބެރިން ހޮވައިފި

އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް އާއި މޯލްޑިވިއަން ގުޅިގެން ބޭއްވި ޕަވަރމިކްސް ޕްރޮމޯޝަންގެ ނަޞީބުވެރިން ހޮވައިފިއެވެ.

މި ޕްރޮމޯޝަން 10 ޑިސެމްބަރ 2016 ގެ ނިޔަލަށް ނިމިފައިވުމާއެކު، މިއަދު މެންދުރު 13:00 އެސްޓީއޯ ކޮންސްޓްރަކްޝަން ވެއަރހައުސްގައިވަނީ ނަސީބުވެރިން ހޮވުމުގެ ގުރުއަތު ނަގާފައެވެ. އެގޮތުން ޕަވަރމިކްސް ޕްރޮމޯޝަންގެ ނަސީބުވެރިންގެ ކޫޕަންތައް ނަންގަވައިދެއްވީ އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ޖެނެރެލް މެނޭޖަރ ޢަބްދުލް ވާހިދު މޫސާއެވެ.

އިޝްތިހާރު Below Header ad

މި ޕްރޮމޯޝަންގެ އެއްވަނައަށް ހޮވިފައިވަނީ 15773 ނަމްބަރ ކޫޕަނެވެ. އެ ނަމްބަރގެ ވެރިފަރާތަށް ހިޓާޗީ 55 އިންޗީގެ ޓީވިއަކާއި މޯލްޑިވިއަން ދެކޮޅުޓިކެޓް ލިބޭ އިރު، ދެވަނައަށް ހޮވިފައިވާ 15388 ނަމްބަރގެ ވެރިފަރާތަށް ލިބެނީ ހިޓާޗީ ފްރިޖަކާއި މޯލްޑިވިއަންގެ ދެކޮޅު ޓިކެޓެވެ. އަދި ތިންވަނައަށް ހޮވިފައިވާ 15782 ނަމްބަރުގެ ވެރިފަރާތަށް ލިބޭ އިނާމަކީ ހިޓާޗީ ދޮންނަމެޝިނަކާއި މޯލްޑިވިއަން ދެކޮޅުޓިކެޓެވެ.

މި ޕްރޮމޯޝަން މައިގަނޑު ބޭނުމަކީ އެސްޓީއޯ އިން އަލަށް ދެމުންއަންނަ ޕަވަރމިކްސް ބްރޭންޑުގެ ރެޑީމިކްސް ކޮންކްރިޓް އިޝްތިހާރުކޮށް އެއަށް ޢާންމުންގެ ތެރޭގައި ހޭލުންތެރިކަން އުފައްދައި ރެޑީމިކްސް ކޮންކްރިޓްގެ މަޤްބޫލުކަން އިތުރުކުރުމެވެ.

ރެޑީމިކްސް ކޮންކްރިޓް ބޭނުންކުރުމުން ލިބިގެންދާ ފަސޭހަތަކުގެތެރޭގައި މަސައްކަތުގެ ވަގުތާއި ކުރަންޖެހޭ ހޭދަކުޑަވުމާއި ކޮންކްރިޓްގެ ކޮލިޓީ ޔަޤީންވެ އޭގެ ފެންވަރު ދެމެހެއްޓެއެވެ. ރެޑީމިކްސް ކޮންކްރިޓްއިން ލިބިދޭ ފަސޭހަތަކުގެ ތެރެއިން މަގުމަތީ ބަސްތާތައް ޖައްސަން ނުޖެހުމާއި މަގު ބަންދުކޮށްގެން އެ ސައިޓެއްގައި ކޮންކްރިޓް މަސައްކަތް ކުރުމުން ލިބޭ އިޖްތިމާޢީ، ތިމާވެއްޓާއި ސިއްޙީ ގެއްލުންތައް ކުޑަކުރަވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.