ޚަބަރު ފީތާ

އެމްއެންޑީއެފް އިން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ސަވައިލެންސް އޮޕަރޭޝަނެއް ފަށައިފި

އެމްއެންޑީއެފް ކޯސްޓްގާޑާއި، އިންޑިއަން ކޯސްޓްގާޑު ގުޅިގެން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީއީޒެޑް) ގައި ސަވައިލެންސް އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.

މިއަދު މި ފެށި ސަވައިލަންސް އޮޕަރޭޝަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިހާރު ރާއްޖެ އައިސްއުޅޭ އިންޑިއަން ކޯސްޓްގާޑު ޝިޕް ސަމަރު ގައާއި އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީ ގައެވެ. އަދި، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ހިންގާ މި ސަވައިލަންސް އޮޕަރޭޝަން މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ސަވައިލަންސް އޮޕަރޭޝަންގައި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް އަމަލެއް ހިނގާތޯ ބެލުމާއި، އެފަދަ އަމަލެއް ހިނގާ ނަމަ އެކަމަށް ވަގުތުން ފިޔަވަޅު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

Rate this post