ޚަބަރު ފީތާ

ހަނިގޮތަކަށް އެޗްއެސްޕީއެން މޮޅުވެއްޖެ

މާލެ އަތޮޅު ގުރައިދޫގައި މިހާރުކުރިއަށްދާ ތުއްތޮންބެ ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ހަނިގޮތަކަށް އެޗްއެސްޕީއެން މޮޅުވެއްޖެއެވެ.

ނިއު އެލާރޓްސް އާބައްދަލުކޮށް އެޗްއެސްޕީއެން އިން މި މެޗު ކާމިޔާބުކުރީ 1-2 ލަނޑުންނެވެ. މިއަދުގެ މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ އެޗްއެސްޕީއެން އިންނެވެ. އެހެންނަމަވެސް ނިއު އެލާރޓްސް އިންވަނީ ފަހަތުން އަރާ ނަތީޖާ ހަމަހަމަކޮށްފައެވެ.

އެޗްޕީއެންއެސް ޓީމު

ދިވެހި ޤައުމީ ޓީމުގެ ކުރީގެ އިތުބާރު ޑިފެންޑަރ އަދި ފުރަތަމަ ޑިވިޜަންގެ ގިނަ ކުލަބުތަކަށް ކުޅެފައިވާ އިސްމާޢީލް ފަރުހާދު (ފަރޭ)ގެ މޭސްތިރިކަމުގައި ކުޅެމުންދިޔަ އެޗްއެސްޕީއެން އަށް 3 ޕޮއިންޓު ޔަޤީންކޮށްދިން ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ އެންމެ ފަހު މިނެޓުގެ ތެރޭގައެވެ.

ޗެމްޕިއަންޓީމަށް ދިހަހާސް ރުފިޔާ ލިބޭ ފުޓްބޯޅަ މުބާރާތް އަންނަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ އިރު، މި މުބާރާތުގައި މިއަހަރުވަނީ 6 ޓީމެއް ބައިވެރިވެފައެވެ.

ނިއު އެލާރޓްސް ޓީމު

މި މުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ޔޫތް ޔުނައިޓެޑާއި ބައިޕާސް އެވެ. މެޗު ފެށޭނީ 16:00ގައެވެ.

Rate this post