ޚަބަރު ފީތާ

މާލޭގައި ތޫނު އެއްޗަކުން ޙަމަލާދީ ޒުވާނަކު ޒަޚަމްކޮށްލައިފި

ފައިލް ފޮޓޯ

މާލޭގައި ތޫނު އެއްޗަކުން ޙަމަލާދީ ޒުވާނަކު ޒަޚަމްކޮށްލައިފިއެވެ.

އިތުބާރުހުރި މަސްދަރުތަކުން މަޢުލޫމާތު ލިބުނުގޮތުގައި އެ ޒުވާނާ ޒަޚަމް ކޮށްލާފައިވަނީ ސޯސަންމަގުގައި ހުންނަ އެމްޑީޕީ އޮފީސް ކައިރީގައެވެ. އަދި މާރާމާރީގައި ޒަޚަމްކޮށްލާފައިވަނީ ޢުމުރުން 21 އަހަރުގެ ފިރިހެނެއް ކަމަށާއި ޙަމަލާދީފައިވަނީ އޭނާގެ ކަނާތަށް ކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.

މިކަމާއިގުޅިގެން ފުލުހުންގެ އިދާރާއިން ބުނީ ސޯސަން މަގުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓެއް އެ އިދާރާއަށް މިރޭ 20:10 އެހާކަންހާ އިރު ލިބިފައިވާ ކަމަށާއި އއެ މައްސަލާގައި މިހާތަނަށް އެއްވެސް  މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ޒަޚަމްވި ޒުވާނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އައި ނަމަވެސް އޭނާއަށް ލިބުނު ޒަޚަމްތަކުގެ ތަފްޞީލެއް ސާފުވާގޮތް އަދިވަނީ ނުވެފައެވެ.

 

Rate this post