ޚަބަރު ފީތާ

ކެލާގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެ

ހއ. ކެލާގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވީ ކެލާ ދެކުނުފަރާތު ތުނޑިއަށްދާން އޮންނަ މަގުން ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހިގެން ކަމަށާއި އެކްސިޑެންޓުގެ މަޢުލޫމާތު ލިބުނީ މެންދުރު 12:30 ހާއިރު ކަމަށެވެ.

އެ އެކްސިޑެންޓްގައި ދެ ސައިކަލް ދުއްވި މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އަނިޔާވި ދެމީހުންނަށް ކެލާ ސިއްޙީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރުވަނީ ހއ. ދިއްދޫއަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެހެންނަމަވެސް އަނިޔާވި ދެމީހުންނަށް ލިބިފައިވަނީ ކޮންކަހަލަ އަނިޔާއެއްކަމެއް ސާފުވާގޮތް އަދިވަނީ ނުވެފައެވެ.

 

Rate this post