މޯލްޑިވްސް މީޑިއާ ކައުންސިލަށް އާދައުރަކަށް މެންބަރުން އިންތިޚާބު ކޮށްފިއެވެ.
މީޑިއާ ކައުންސިލް އިންތިޚާބުގައި 86 މީޑިއާ އަކުން ވޯޓު ލާފައިވާ އިރު، އެ ކައުންސިލަށް 13 މެމްބަރަކު އިންތިޚާބު ކުރުމަށް ވަނީ ވޯޓު ނަގާފައެވެ.
މި އިންތިޚާބުގައި މީޑިއާ ފަޅިން ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ދެ ކެންޑިޑޭޓަކު ވަނީ 40 ވޯޓު ލިބިގެން އެއްވަރުވެފައެވެ. އެއީ ހިތާދޫ އޮންލައިނުން ވާދަކުރި އަހްމަދު އާޒިފް އާއި މިހާރު ނޫހުން ވާދަކުރި މުހައްމަދު ހަމްދޫނެވެ. މި ދެ ކެންޑިޑޭޓު އެއްވަރުވުމުން އެ ބުރުގައި ވޯޓު ލުމަށް ހަމަޖެހިފައިވާ ތާރީޚެއް އަދި އިޢުލާނެއް ނުކުރެއެވެ.
ދެ އަހަރު ދުވަހުގެ ދައުރެއް މި މެމްބަރުން އަދާކުރާ އިރު، އެމްއެމްސީގެ ޤނޫނުގައި ވާގޮތުން އެއްވެސް މީހަކަށް ކައުންސިލް މެމްބަރުކަމުގައި ވިދިވިދިގެން ދެ ދައުރެއް އަދާ ނުކުރެވޭނެއެވެ.
މީޑިއާތަކުގެ ތެރެއިން މޯލްޑިވްސް މީޑިއާ ކައުންސިލަށް އިންތިޚާބުވީ:
- އަހްމަދު ރިފާއު – ވީ މީޑިއާ (69 ވޯޓު)
- އަހްމަދު މުޖުތަބާ – ސަން މީޑިއާ (57 ވޯޓު)
- ފަޔާޒް ޔޫސުފް – ޕީއެސްއެމް (55 ވޯޓު)
- އަބްދުލް މުއީދު ހަސަން – ބަހުރު މަޖައްލާ (44 ވޯޓު)
- މިސްބާހް އައްބާސް – ވީއެފްޕީ (41 ވޯޓު)
- ޙަސަން ޝާކިރު މުހައްމަދު – އަސްދަނޑި މަޖައްލާ (41 ވޯޓު)
މީޑިއާ ކައުންސިލު އިންތިހާބު ކާމިޔާބު ކުރި އަމިއްލަ ކެނޑިޑޭޓުން:
- އަހްމަދު އަބީރު އިސްމާއިލް (81 ވޯޓު)
- ޝައުފާ ހުސައިން (74 ވޯޓު)
- މުޙައްމަދު އާޒިމް އަބްދުލްހާދީ (73 ވޯޓު)
- އަންވަރު އިބްރާހީމް (62 ވޯޓު)
- އަސްއަދު ޝަރީފް (45 ވޯޓު)
- މަރިޔަމް ހަލީލް (39 ވޯޓު)